Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވައުދާ އެއްގޮތަށް ޗާގޯސް މައްސަލާގައި އަމަލުނުކުރާތީ ޑިމޮކްރެޓްސްގެ ކަންބޮޑުވުން!

ވައުދާ އެއްގޮތަށް ޗާގޯސް މައްސަލާގައި އަމަލުނުކުރާތީ ޑިމޮކްރެޓްސްގެ ކަންބޮޑުވުން!

މި ސަރުކާރުން ވި ވައުދާ އެއްގޮތަށް ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ މައްސަލާގައި މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވަތީ ދަ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޕާޓީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދިޔަ ސިޔާސަތު ނިމިދިއަ ސަރުކާރުން ބަދަލުކުރުމުން ރާއްޖެއަށާއި ދިވެހީންނަށް ލިބުނު ގެއްލުމާމެދު ރައީސް ޑރ. މުހައްމްދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

އެ މައްސަލާގައި އުފެދިފައިވާ ދެބަސްވުމުގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުކޮށް ރާއްޖޭގެ ފަރާތުން ދައުވާކުރުމުގެ ހައްގު ނިމިދިޔަ ސަރުކާރުން ސިއްރު ސިޓީއަކުން ދޫކޮށްފައިވާ ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައި ބުންޏެވެ.

Advertisement
Allied Insurance — Square (box)

އަދި އދ ގައި އެގޮތަށް ދިނުމުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.

ޑިމޮކްރެޓްސްއިން ބުނީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެ ނިންމުން އަލުން މުރާޖާކުރައްވާނޭ ކަމަށާއި ޗާގޯސްގެ ރައްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯއްދަވާނޭކަމަށް ރިޔާސީ ވައުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރުން އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނިސް އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ނިންމާފައިވާކަން ޑިމޮކްރެޓްސް އިން ފާހަގަކޮށްފައިވެ އެވެ.

ޑިމޮކްރެޓުން ބުނީ އެއީ ދައުވާކުރުމުގެ ހައްގު ރާއްޖެއިން ދޫކޮށްލެއްވުމުގެ ސަބަބުން ނުވަތަ އެ ހައްގު އަލުން ހޯދައިދިނުމަށް މަސައްކަތްނުކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތައް ލިބިގެންދާ ގެއްލުމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް