Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދައިފި

އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދައިފި

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑް ބޭނުން ކުރެވޭ ގޮތް ހަދާ, އެކަން ރަސްމީކޮށް މިއަދު އިފްތިތާހް ކޮށްފި އެވެ.

އެކަން ހާމަކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިހާރު ކުރިއަށްދާ ޖޮއިންޓް ޕްރެސްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

އެ ހިދުމަތް އިފްތިތާހުކުރުމުގެ ގޮތުން މިއަދު އޮތެންޓިކް މޯލްޑިވްސްގައި ޓްރާންސެކްޝަނެއް ހަދާފައިވެ އެވެ.

Advertisement
Allied — Dhen Online (box)

އެ ކާޑު ރާއްޖެއަށް އިފްތިތާހުކުރުމާއެކު ބީއެމްއެލް ޕީއޯއެސް މެޝިންތަކުންނާއި އިތުރު މާޗެއިންތަކުންވެސް އެ ކާޑު ބޭނުންކޮށްގެން މުއާމަލާތް ކުރެވިގެންދާނެ އެވެ.

އޭގެ އިތުރުން މޯދީގެ ވާހަކަފުޅުގައި ވިދާޅުވީ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ހިދުމަތް ރާއްޖޭގައި ދިނުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށާއި އެ ހިދުމަތް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން އިއްޔެ އިންޑިއާއަށް ފުރާވަޑައިގެންފައިވާއިރު އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހެވެ.

ރައީސްގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް