ޚަބަރު

އެމްޑީޕީއާއި ޕީއެންސީގެ ތަފާތެއް ނެތް، ހަމަ އިންޑިއާގެ ގޮނޑި ކޮއްކޮއެއް: އުމަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އެންމެ އެކަށީގެންވާ ފިޔަވަޅު އަޅާ ކަމަކަށް އުމަރު ގަބޫލެއް ނުކުރައްވާ

އެމްޑީޕީއާއި ވެރިކަަންކުރާ  ޕީއެންސީގެ ތަފާތެއް ނެތް ކަމަށާއި ދެ ސަރުކާރަކީ ވެސް ހަމަ އިންޑިއާގެ ގޮނޑިކޮއްކޮއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ހުންނެވީ އިންޑިއާގެ ރައީސްގެ ދައުވަތަކަށް އެ ގައުމުގަ އެވެ.

އަދި މިއަދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ވާހަކަތައް ބާއްވަވައިފަ އެވެ.އެހެންވެ އެކަމަށް އިޝާރާތްކުރައްވައި އުމަރު މިއަދު ފޭސްބުކުގައި ވިދާޅުވީ މިއީ ފަހުގެ ތާރީޙެއްގައި ރާއްޖޭގެ ވެރިޔަކު، ކެމްޕޭން ވައުދަކާ އެހާ ފާޅުގައި ހިލާފްވި ފުރަތަމަ ފަހަރު ކަމަށެވެ.އެހެންކަމުން އެމްޑީޕީގެ ވެރިކަމާ ޕީއެންސީ ގެ ވެރިކަމުގައި އެއްވެސް ތަފާތެއްނެތް ކަމަށް އުމަރު ވިދާޅުވި އެެވެ.

"އިންޑިޔާގެ ގޮޑިކޮއްކޮ ސަރުކާރަކަށް ބަދަލުވެ، ބުނި ހުރިހާ ކަމަކަށް އެއްބަސްވީއެވެ. އިންޑިޔާގެ އަސްކަރިއްޔާ ފޮނުވާނުލެވުނުތާ، ކުރީ ސަރުކާރުތަކުން އެއްބަސްނުވެވިފަ ހުރިކަންކަމަށްވެސް އެއްބަސްވެ އަމާން ދިނީއެވެ." އުމަރު ވިދާޅުވި އެވެ.

އިންޑިއާއާއެކު މިއަދު ބޭއްވި މަޝްވަރާތަކުގައި ވަނީ ކަރަންސީ ސްވެޕްގެ އެގްރިމަންޓަކާއި އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓްއަށް ހުޅުވަން ވެސް މަޝްވަރާކޮށްފަ އެވެ.

ދެ ގައުމުގެ ބައްދަލުވުން ފަހަކަށް އައިސް ވަރަށް ބޮޑަށް ބަދަހިވެފައިވާ އިރު ކުރީގެ ނުތަނަވަސް ގުޅުން ނިމުނީ ކަމަށް ވެސް ބައެއް ސިޔާސީ ފަރާތްތަކުން މިހާރު ދަނީ ބުނަމުންނެވެ.

Ads by Allied Insurance
  1. ސަރުދާރު

    ކޮބާ އިންޑިއާއަށް ރާއްޖެ ވިއްކާލި ކަމަށާއި އިންޑިއާ ސަފީރުގެ އެންގުމަށް ހުރިހާ ކަމެއް ކުރަމުން ދާކަމަށް ބުނެ ލިޔެ އަޑު ގަދަ ކުރި މީހުން

  2. އަމާން

    ގަބޫލު ކުރިޔަސް ނުކުރިޔަސް ޙައްލަކީ ޢުމަރު…