މާދަމާ ރޭ 12އިގެ ކުރިން ދެ އެޕާޓްމަންޓް ހަވާލުކުރަން އަންގައިފި
ހުޅުމާލޭ އަމީން އެވެނިއުއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަނެފައިވާ ދެ އެޕާޓްމަންޓް މާދަމާ ރޭ 12 ގެ ކުރިން ފުލުހުންނާ ހަވާލުކުރަން އަންގައިފި އެވެ.
ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން އެފްއޭއެމަށް ދިން ފައިސާއިން އަމީން އެވެނިއުއިން ބައްސާމް ދެ އެޕާޓްމަންޓް ގަތް މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ހުށަހަޅާފައިވާ އިރު އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރަން މުއްދަތު ދީފައި އޮތީ އިއްޔެ ނިޔަލަށެވެ.
ނަމަވެސް އިއްޔެ ފުލުހުން ބުނީ ބައްސާމް އެދިގެން އެ ދެ އެޕާޓްމަންޓް ހަވާލުކުރުމަށް މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުުރުކޮށްދީފައިވާ ކަމަށެވެ.
އެއާއެކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި ފަހުން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ބައްސާމް އެދުނުގޮތަށް މުއްދަތު އިތުރުކޮށްނުދޭން މިހާރު ނިންމަފައިވާ ކަަމަށެވެ.
އަދި މާދަމާ ރޭ 12 ގެ ކުރިން އެ ދެ އެޕާޓްމަންޓް ހަަވާލުނުކޮށްފިނަމަ ގާނޫނި ގޮތުން އެ ދެތަން ނަގަން ފިޔަވަޅު އަޅަން ފަށާނެ ކަމަށެވެ.
މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ފަރާތުން ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވެފައި ވަނީ އެފްއޭއެމަށް ލިބޭ ބޭރު ފައިސާ ކުންފުނިތަކަށާއި އެހެން އެކައުންޓުތަަކަށް ފޮނުވާފައިވާ މައްސަލަ ތަހުގީގުކުރަން ފެށީ މިިދިޔަ އަހަރު ކަމަށެވެ.
އޭގެ އިތުރުން އެފްއޭއެމުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ދައްކާފައިވާ ކަމަށް ދެއްކުމަށް ލިޔެކިޔުން ތައްޔާރުކޮށް އަދި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ހިމެނޭ ކަމަށް ސަވާދު ވިދާޅުވި އެވެ.
އަމީން އެވެނިއުން ބައްސާމް ގަތް ދެ އެޕާޓްމަންްޓަށް ފައިސާ ދެއްކުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
އެގޮތުން އެފްއޭއެމްގެ ފައިސާއިން ޖުމްލަ 3.8 މިލިއަން ރުފިޔާ އެޕާޓްމަންޓަށް ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވާކަން އެނގިފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު ޕީޖީ އޮފީހުން ބައްސާމުގެ މައްޗަށް އުފުލި ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފަ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލަ އާ ގުޅިގެން ފީފާއިން ވަނީ އެތަނުގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ
އެގޮތުން އެފްއޭއެމްގެ ފައިސާއިން ޖުމްލަ 3.8 މިލިއަން ރުފިޔާ އެޕާޓްމަންޓަށް ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވާކަން އެނގިފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު ޕީޖީ އޮފީހުން ބައްސާމުގެ މައްޗަށް އުފުލި ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފަ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ފީފާއިން ވަނީ އެތަނުގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ.
އަތުލާފަ…..ހުރަހަށް އަތް ބުރިކުރަންވީ