ހުރިހާ ސިޔާސީ ޕާޓީއަކަށް ފައިސާދޫކުރަން ފަލާހު ދެކޮޅު
ހުރިހާ ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމާ ދެކޮޅުކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ހުރިހާ ޕާޓީތަކަށް ފައިސާ ދޫކުރެވޭ ގޮތަށް ސިޔާސީ ޕަޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން އަންނަ ބުރާސްފަތި ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނެ ކަމަށެވެ.
އެކަމާ ގުޅިގެން އެކްސްގައި ފަލާހު ވިދާޅުވީ މިއީ ރަނގަޅު އިސްލާހެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ކޮންގްރެސް ބާއްވަން ކަނޑައަޅާފައިވާ އުސޫލު ރަނގަޅު ނަމަވެސް ފައިސާ ދޭން ކަނޑައަޅާފައިވާ އުސޫލަށް ތާއިދު ނުކުރެވޭ. މިއީ އަޅުގަނޑުގެ ހިޔާލު" ފަލާހު އިތުރަށް ވިދާޅުވި އެވެ.
އިލެކްޝަނުން ބުނީ ހުށަހަޅާ އިސްލާހު ފާސްވެއްޖެނަމަ 3000 ހަމަވާ ކޮންމެ ޕާޓީއަކަށްވެސް ސިޔާސީ ޕާޓީތަަކަށް ދޫކުރާ ފައިސާގެ 25 ޕަސެންޓް ލިބޭނެ ކަމަށެވެ. އަދި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، ޕާޓީތަކަށް ދޫކުރާ ފައިސާގެ 25 ޕަސެންޓް ދޫކުރާނެ ކަމަށެވެ.
ބާކީ ފައިސާ ދޫކުރާނީ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލިބޭ ނިސްބަތަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ކަމަށް ވެސް އިލެކްޝަނުން ބުނެފައިވެ އެވެ.
އެއީ މަޖިލިސް އިންތިހާބުގެ ނަތީޖާއިން 30 ޕަސެންޓް އަދި ކައުންސިލް އިންތިހާބުގެ ނަތީޖާއިން 20 ޕަސެންޓްގެ ފައިސާ ލިބޭ ގޮތަށެވެ.
ޢަމިއްލައަށް އެކަނި ކައި ނިންމާލާތި
ޙާދައަމިއްލަ އެދުން ބޮޑުމީކެކޭ ދޯ
ފަލާހުގެ ގައުމެއްތަ މިއީ
އެއްވެސް ޕާޓީ އަކަށް ދައުލަތުގެ ފައިސާ ދީގެން ނުވާނެ! ޕާޓީ ހަދަނީ ސަރުކާރުން ބުނެގެން ކަމަށް ވިޔަސް ފައިސާ ދޭކަށް ނުޖެހޭނެ. ދައުލަތް ލޫޓުވުން ނޫން ކަމެއް ނުކުރޭ! އަދިވެސް ދައުލަތުންތަ ފައިސާ ދޭން މި ޖެހެނީ؟