Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖޭގައި ބޮލީވުޑްގެ ފިލްމުތައް ޝޫޓްކުރަން ރައީސް ދައުވަތު ދެއްވައިފި

ރާއްޖޭގައި ބޮލީވުޑްގެ ފިލްމުތައް ޝޫޓްކުރަން ރައީސް ދައުވަތު ދެއްވައިފި

ރާއްޖޭގައި ބޮލީޥުޑްގެ ފިލްމުތައް ޝޫޓްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު އަރުއްވައިފި އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ މުމްބާއީއަށް ވަޑައިގެން ޓޫރިޒަމާއި ވިޔަފާރިއާ ގުޅުން ހުރި ބައްދަލުވުމެއްގައި ބައިވެރިވެލެއްގައި ބޮލީވުޑްގެ ތަރިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަަމަށެވެ.

Advertisement
Allied Insurance — Square (box)

އެގޮތުން މި އަހަރުގެ މިހާތަނަށް ވެސް ލައްކައަަކަށް ވުރެ ގިނަ އިންޑިއާގެ ފަތުރުވެރިން ޒިޔާރަތްކުރިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ އިންޑިއާގެ ފަތުރުވެރިކަމުގެ މާކެޓް އިތުރު ހަރުފަތަަކަށް ގެންދެވިދާނެ ކަަމަށެެވެ.

އެގޮތުން އިކޯ ޓޫރިޒަމްއާއި ވެލްނަސް ޓޫރިޒަމް އަދި ފިލްމް ޓޫރިޒަމް ފަދަ އެހެން ބާވަތްތަކުގެ ޓޫރިޒަމް ތައާރަފްކުރުމުގެ މުހިންމުކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ހަމަ އެހެންމެ ބޮލީވުޑްގެ ފިލްމުތައް ރާއްޖޭގެ ރީތިކަން ބޭނުންކޮށްގެން ފިލްމުތައް ޝޫޓް ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ފިލްމު ޓޫރިޒަމްއަށް ބޮލީވުޑްގެ ބޭފުޅުން ރާއްޖެ އައުމަށް އަޅުގަނޑު މަރުހަބާކިޔާނަން" އެމަނިކުފާނު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް