ޚަބަރު

މާލޭގައި ކުނި އުކާލާ ގަޑިތަކަށް ބަދަލު ގެންނަނީ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން

މާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމައިފަ އެވެ.

Ads by STELCO

ސަރުކާރުން ހިންގާ "ސަރުކާރު" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ މާލެ ފަހި ޕްރޮގްރާމްގެ ދަށުން ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން އެ ނޫހުގައި ޝާއިއުކުރި ހަބަރެއްގައި ބުނީ އެ ބަދަލާއެކު ކުނި އުކާލުމުގެ ވަގުތު ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 އަށް ބަދަލުކުރެވޭނެ ކަމަށެވެ.

މިނިސްޓްރީން އެގޮތަށް ނިންމާފައިވަނީ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި މިވަގުތު ގެންނަން ޖެހިފައިވާ މުހިންމު ބަދަލެއް ކަމަށްވާތީ އެވެ. އަދި މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި އުޅަނދުފަހަރުގެ ދަތުރުފަތުރު އިތުރުވެފައިވާތީ ކުނި އުކާލުމުގެ މަސައްކަތް ރޭގަނޑުގެ ވަގުތުތަކަށް ބަދަލުކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް އެ މިނިސްޓްރީއިން ގަބޫލުކުރެ އެވެ.

އެ އާ އުސޫލު ތަންފީޒުކުރުމުގައި އެންވަޔަރަމަންޓް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަދި ކަމާ ގުޅުންހުރި އިދާރާތަކުން ބައިވެރިވާނެ ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

Ads by Allied Insurance
  1. ،، އަދުރޭ

    މަރުހަބާ ތިގޮތައް ހެއްދެވީމާ ކުނިނަގަން މީހުންއަންނާނެއިރެއް ވަންދެން ރޭގަނޑު ނުނިދާ ތިބެންޖެހޭނެ އެކަމުން ރައިްޔަތު މީހާއައް ވާނެގޮއެއް ނުވިސްނާތީ ދެންނެވޭނީ ސުކުރިއްޔާއެވެ