އައިޖީއެމްއެޗް ކައިރިން ފެންބޮޑުވާ މައްސަލަ ހައްލުކޮށްފި
އައިޖީއެމްއެޗް ކައިރިން ފެންބޮޑުވާ މައްސަލަ ހައްލުކޮށްފި އެވެ.
ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު މާލޭގައި ފެންބޮޑުވުމަކީ އާންމު ކަމެކެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދަ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުން މާލޭގައި މިއަދު ބޯކޮށް ވާރޭ ވެހުނު އިރުވެސް މާލޭގައި އާންމުކޮށް ފެންބޮޑުވާ އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑެއް ނުވެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި މިހާރު އޮތީ ޑްރެއިނޭޓް ވޯޓާ ސިސްޓަމްއެއް ގާއިމުކޮށްފަ އެވެ. އެހެންވެ މިއަދު ފެންބޮޑުނުވީ އެވެ.
އެކަމާ ގުޅޭ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ މިއީ ފެންބޮޑުވުމުގެ މައްސަލަ ވަގުތީ ގޮތުން ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ނަތީޖާ ކަމަށެވެ.
މާލޭގެ ހުޅަނގު ސަރަޙައްދުގައި، ވަކިން ޚާއްޞަކޮށް ވެސްޓް ޕާކާއި، އައި.ޖީ.އެމް. ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގައި ފެން ބޮޑުވެ ޢާންމު ދިރިއުޅުމަށް ދަތިވެ، ބައެއް ގެތަކަށް ގެއްލުން ލިބޭތީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ވަގުތީ ގޮތުން އެކަން ޙައްލު ކުރުމަށް އާޜުޑީސީއާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ މޭ މަހުގެ 10 ވަނަ ދުވަހު އެވެ.
އެ މަސައްކަތް އާރުޑީސީން ކުރަނީ ޑިފެންސް މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބައިވެރިވުމާއެކު އެވެ.
"މިހާތަނަށް މި މަޝްރޫއުން ނިމިފައިވަނީ ބައެކެވެ. މި ކުރެވޭ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެއްކޮށް ޙައްލު ނުލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ރައްޔިތުންނަށް ފޯރާ ދަތިތައް ކުޑަކުރެވި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވެގެންދާނެއެވެ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މާލޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމް މެއިންޓެއިންކޮށް ބަލަހައްޓަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކަމަށެވެ.
އަމާ ހަންދާން ކުރެވުނީ، އިއްޔެ ހަވީރުވީއިރުވެސް މުޅި މަގު އޮތީ ފުރިފަ، ފައިސާ ކޮޅަކަށް އަމާވެސް ވިއްކާލަފާނެ މި ނޫސްވެރިން.