ޚަބަރު

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފިނޭންސް މިނިސްޓްރީ އަދި ޓެކްސް އޮތޯރިޓީ ހިންގާ އިމާރާތް

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރުމަށާއި ގްރީން ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

Ads by Sosun Fihaara

މާދަމާ 9 ޖަހާއިރަށް ތާވަލުކޮށްފައިވާ މަޖިލީހުގެ ޖަލްސާ އަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ (މުސްތޮ) ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން 16 ޕަސެންޓް ޓެކްސް ނަގަން ފަށާނީ 1 މޭ  2025 ގެ ނިޔަލަށެވެ. އެއަށް ފަހު ޖޫން އެކަކުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓް ނަގަން ފަށާނެ ކަމަށް އިސްލާހުގައިވެ އެވެ.

އިސްލާހުގައި ބުނީ އެއާއެކު ޓީޖީއެސްޓީން ދައުލަތަށް ލިބޭ އާމްދަނީ 2025 ގައި 201.9 މިލިއަން ރުފިޔާ އަށް އިތުރުވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ގްރީން ޓެކްސް 50 ޕަސެންޓަށް އިތުރުކުރަން އިސްލާހު ވަނީ ހުށަހަޅާފަ އެވެ. މުސްތޮ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓު ގެސްޓު ހައުސްގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ގްރީން ޓެކްސްގެ ގޮތުގައި 1 ޖެނުއަރީ 2025 އިން ފެށިގެން 6 އެމެރިކާ ޑޮލަރު ނަގާނެ އެވެ.

ރައްޔިތުން އަދާކުރަންޖެހޭ އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!