Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުއާދުގެ ބަދަލުގައި ހަސީބު އައްޔަންކުރަނީ 

ފުއާދުގެ ބަދަލުގައި ހަސީބު އައްޔަންކުރަނީ 
އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެންބަރު ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމިނެންސް ސެކެޓްރީ (ޕީއެސް) އަބްދުލް ހަސީބް އިސްމާއިލް އައަޔްންކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސްއަށް ފޮނުވި ސިޓީ އިދާރީ މޭޒުން ހުށަހަޅާފައިވެ އެވެ. އިލެކްޝަންސްގެ ގާނޫނުގެ ދަށުން ފުވާދުގެ ދައުރު އަންނަ މަހުގެ 24 ވަނަ ދުވަހަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 12 ދުވަހު ރައީސް އޮފީހުން ހުޅުވާލި އެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި އެ ފުރުސަތުގައި ކުރިމަތިލީމީހުންގެ ތެރޭގައި ހިމެނޭ ހަސީބްގެ ނަން ފާސްކޮށްދިނުމަށް އެ ސިޓީގައި ރައީސް އެދިވަޑައިގެންފައިވެ އެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަނެ, މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. މީގެ ކުރިން ވެސް އީސީގެ ރައީސްކަން ކުރައްވާފައިވާ ފުއާދު މިހާރު އަދާކުރަމުންދާ މަގާމަށް އައްޔަންކުރައްވާފައިވަނީ 2019 ގަ އެވެ. ހަސީބަކީ އިންޑިއާގެ ބެންގަލޫރުގެ ޔުނިވާސިޓީއަކުން ކޮމާސްއިން ބެޗްލާސް އަދި މެލޭސިއާގެ ޔުނިވާސިޓީއަކުން ބިޒްނަސްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ހަސީބް ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމްވެސް އަދާކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް