Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރަސްދޫގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ރަސްދޫގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

އއ. ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައިވަނީ އިއްޔެ އެވެ.

އެކަމާ ގުޅިގެން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އއ. ގަންގެހި ރިސޯޓް ބޭރަށް ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއެއް މަރުވެފައިވާ ކަމަށް ރިޕޯޓްކުރީ އިއްޔެ ހެނދުނު 11:22 ހާއިރު ކަމަށެވެ.

Advertisement
Ooredoo — Square (box)

ހެލްތް ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ ރަސްދޫ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 27 އަހަރުގެ ޗައިނާގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މީގެ ކުރިންވެސް ގެނބިގެން ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖޭގައި މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކުގައި މަރުވި މީހުންވެސް ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް