އަބްދުއްރަހީމް ވިދާޅުވަނީ ދޮގު ހަބަރުތަކުން ޑިމޮކްރަސީއަށް ނުރައްކާވަމުންދާ ކަމަށް

ދޮގު ހަބަރުތަކުން ޑިމޮކްރަސީއަށް ނުރައްކާވަމުންދާ ކަމަށްވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށް ގެންދާ އިންޓަ-ޕާލަމަންޓް ޔޫނިއަން (އައިޕީޔޫ) ބައްދަލުގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްއާއެކު އަންނަމުންދާ ބަދަލުތަކާއެކު އުފެއްދުންތެރިކަން ވަކި ހަމައެއްގައި ހިފެހެއްޓުމަށްޓަކައި ޕާލަމަންޓްތަކުން ވެސް ގަވައިދުތައް އެކުލަވަލަން ޖެހޭ ކަމަށެވެ.
ހަމަ އެހެންމެ ޑިމޮކްރަސީ ނެގަހައްޓައި ރައްކާތެރިކުރަން ވެސް ޕާލަމަންްޓްތަކުން ދައުރެއް އަދާކުރަން ޖެހޭކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ދޮގު ހަބަރުތަކަކީ ޑިމޮކްރަސީއަކަށް އޮތް ނުރައްކަލެއްކަން. އާޓިފިޝަލް އިންޓެލިޖެންސްއަށް އަންނަމުންދާ ބަދަލުތައް ކޮންމެހެންވެސް އަޅުގަނޑުމެންނަށް އެބަ އެނގެން ޖެހޭ. އަދި ތަޖުރިބާކާރުންނާއި އަދި ކޮމިއުނިޓީއާއެކު މަސައްކަތްކޮށްގެން އޭއައިން އިންސާނިއްޔަތަށް ފައިދާވާކަން ކަށަވަރުކުރެވޭނެ" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅު ނިންމަވާލެއްވީ އިސްރާއިލުން ޣައްޒާ އަދި ލުބްނާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އާންމުންނަށް ލިބެމުންދާ ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ނެވެ. އަދި އޭނާ ވަނީ ހަމަލާތައް ބަދަލުކުރުން ވަގުތުން ހުއްޓާލަން ގޮވާލައްވައިފަ އެވެ.
ގަމާރު ވާހަކަ ފުރަތަމަ ތިބުނާޑިމޮކްރަސީއަކީ ދޮގުހެދުމާ ޣީބަބުނުމާއިފޭރުމާއި ތަޅާފޮޅުމާއި ވައްކަމާއިހުރިހާފާހިށި ޢަމަލުގެތަޅުދަނޑި ތިމާހެއްދެވިފަރާތާއި އިސްލާމްދީންނޭގޭ ކޮންމެ ޖާހިލެއް ގެވިސްނުންތިޔައީ ހޭލެވޭނީކައްވަޅުލީމަ