Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެޗްޑީސީގެ ނަމުގައި ސްކޭމް މެސެޖްތަކެއް، ސަމާލުވޭ

އެޗްޑީސީގެ ނަމުގައި ސްކޭމް މެސެޖްތަކެއް، ސަމާލުވޭ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ، އެކަމާ ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން އަލުން ހުޅުވާލާފައިވާކަމަށާއި، ފޯމް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެ ސްކޭމް މެސެޖުތައް ފޮނުވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ސައްހަ ނޫން މި މެސެޖުތައް ފޮނުވަނީ އޭގައި ލިންކެއް ހިމެނޭ ގޮތައް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެޗްޑީސީގެ ނަމުގައި ސްކޭމް މެސެޖްތައް ފޮނުވާ މައްސަލަ ފެންމަތިވެފައި ވީއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެޕްލައި ކުރެވޭނެ ކަމަށް ބުނެ ސްކޭމް ލިންކެއް މެސެޖުތަކެއް ފޮނުވާ މައްސަލަ ވަނީ މިދިޔަ އޮގަސްޓު މަހު ފެންމަތިވެފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް