އަގު ދެ ގުނަވެ, ސިނގިރޭޓު ފޮއްޓެއް ދެން ލިބޭނީ 200 ރުފިޔާއަށް

ދުންފަތުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު ދެން ސިނގިރޭޓް ފޮއްޓެއް ލިބޭނެ ކަމަށް ލަފާކުރެވެނީ 200 ރުފިޔާއަށެވެ.
މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އިސްލާހު ގެނައުމަށް މި ހަފްތާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓާ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރަން ރައީސް ނިންމަވާފައިވެ އެވެ.
ރައީސް ވަނީ އެ މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރަން ނިންމަވާފަ އެވެ.
އިތުރު ފިޔަވަޅުތައް:
- އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުން
- ދުންފަތުގެ އިސްތިއުމާލުކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި ފަންނީ ގޮތުން ބަލައިގަންނަ ވަށާޖެހޭ ބޮޑު ކެންޕޭނެއް ފެށުން






ކޮމެންޓް