ޚަބަރު

އީސީއަށް އައްޔަނުކުރަން ހުށަހެޅި ހަސީބްއާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިސްމާއިލް ހަސީބް--

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނުކުރަން ހުށަހެޅި ހަސީބް އިސްމާއިލްއާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

Ads by Hajj Corporation

ހަސީބް އީސީގެ މެމްބަރުކަމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު އަންނަ މަހުގެ 24 ވަނަ ދުވަހު ހަމަވާތީ އެވެ.

އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަނެ, މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

އެހެންވެ ހަސީބުއާ މެދު ޝަކުވާއެއް އޮތް ނަމަ މި މަހުގެ 24ގެ ކުރިން މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުމަށް މަޖިލީހުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ހަސީބަކީ އިންޑިއާގެ ބެންގަލޫރުގެ ޔުނިވާސިޓީއަކުން ކޮމާސްއިން ބެޗްލާސް އަދި މެލޭސިއާގެ ޔުނިވާސިޓީއަކުން ބިޒްނަސްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ހަސީބް ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމްވެސް އަދާކުރައްވާފަ އެވެ.

Ads by HDC