ޚަބަރު

އިލެކްޝަންސް ކޮމިޝަން ހިންގާނެ އޮފީހެއް ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ އިދާރާ/ ފޮޓޯ: ދެން

އިލެކްޝަންސް ކޮމިޝަން ހިންގާނެ އޮފީހެއް ހޯދަން އިއުލާންކޮށްފި އެވެ.

Ads by Hajj Corporation

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހޯދަން ބޭނުންވަނީ 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޭނެ އިމާރާތެއް ކަމަށެވެ

އަދި އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އެ ކޮމިޝަން ބުނެއެވެ.

އަދި އޭގެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަން މިހާރު ހިންގަމުން ދަނީ ހިލާލީ މަގުގައި ހުންނަ ޕޯޓް ކޮމްޕްލެކްސްގެ ފަސް ވަނަ ފަންގިފިލާގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު "ދެން"އަށް ވިދާޅުވީ އާ އިމާރާތެއް ހޯދަމުން ދަނީ މިހާރު އެ ކޮމިޝަން ހިންގަމުންދާ އިމާރާތް މި އަހަރަށް ހުސްކުރަން ޖެހޭތީ ކަމަށެވެ.

އޭނާ ވިދާޅުވީ ޕޯޓް ކޮމްޕްލްކްސްގައި މިހާރު އެ ކޮމިޝަން ހިންގަމުންދާތާ މިހާރު 19 އަހަރުވެދާނެ ކަމަށެވެ.

ޕޯޓްކޮމްޕްލެކްސް އިމާރާތުގައި އެ ކޮމިޝަން ހިންގަނީ ފަސް ފަންގިލާއެއްގަ އެވެ.

Ads by Allied Insurance