ޚަބަރު

ޕީޕީއެމްގެ ހުސްވެފައިވާ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕީޕީއެމްގެ ސެނެޓުގެ ބައްދަލުވުމުގެ ތެރެއިން--

ޕީޕީއެމްގެ ހުސްވެފައިވާ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކޮށްފި އެވެ.

Ads by STELCO

ޕީޕީއެމް އާއީ ޕީއެންސީން ކުރިން އެކުގައި މަސައްކަތް ކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން އެ ޕާޓީން މާބޮޑު މަސައްކަތްތަކެއް ކުރާތަނެއް ނުފެނެ އެވެ.

އަދި ދުވަސްތަކަށް ފަހު އެ ޕާޓީގެ ސެނެޓުގެ ބައްދަލުވުމެއް މިއަދު ބާއްވައި ވަނީ އެ ޕާޓީގެ ނާއިބު ރައީސްއާއި ސެކެޓްރީ ޖެެނެރަލްގެ މަގާމަށް ބޭފުޅުން އިންތިހާބު ކޮށްފަ އެވެ.

އެގޮތުން ނާއިބު ރައީސްގެ މަގާމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި ސެކެޓްރީ ޖެނެރަލްގެ މަގާމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ވަނީ އިންތިހާބުކޮށްފަ އެވެ.

ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރި އިރު ޕީޕީއެމް އުވާލަން އުޅޭކަމުގެ އަޑުތަކެއް ވެސް އޮތީ ފެތުރިފަ އެވެ.

މިފަހަކަށް އައިސް ޕީޕީއެމްއިން މަސައްކަތްތަކެއް ނުކުރާ އިރު ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްތަކެއް ވެސް ދަނީ ވަރަށް ބޮޑަށް ކުރިއަށް ގެންދަމުން ނެވެ.

Ads by Allied Insurance