Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދަރަނި މެނޭޖުކުރަން ލަފާ ހޯދަން ނެގި ކޮންސަލްޓަންޓްގެ އެއްބަސްވުން އުވާލުމުން ނަޝީދުގެ ތައުރީފް

ދަރަނި މެނޭޖުކުރަން ލަފާ ހޯދަން ނެގި ކޮންސަލްޓަންޓްގެ އެއްބަސްވުން އުވާލުމުން ނަޝީދުގެ ތައުރީފް

ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ ހައްލުކުރަން ލަފާ ދޭން ކޮންސަލްޓެންޓަކަށް ހަމަޖެއްސި އެމެރިކާގެ ބޭންކިން ފާމްއާއެކު ހެދި އެއްބަސްވުން އުވާލުމަކީ ރަަނގަޅު ނިންމުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަރަންޏާ ގުޅޭ ލަފާ ދޭން ރާއްޖެއިން ނެގީ އެމެރިކާގެ ސެންޓާވިއު ޕާޓްނާސްއާ އެވެ. ނަމަވެސް މަހެއް ވެސް ނުވަނީވެސް އެ އެއްބަސްވުން ވަނީ އުވާލައިފަ އެވެ.

އެކަމާ ގުޅިގެން ކުރީގެ ނަޝީދު މިއަދު އެކްސް ގައި ވިދާޅުވީ ރާއްޖޭގައި ދަރަންޏާއި ގުޅޭ ގޮތުން ލަފާ ދިނުމަށް ބޮޑު ހަރަދުގައި ކަނޑައެޅި ޑެޓް އެޑްވައިޒަރުގެ އެގްރިމަންޓް ޓާމިނޭޓް ކުރެއްވިކަމީ ރައީސް މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

ނަޝީދު ވިދާޅުވީ އެފަދަ ޑެޓް އެޑްވައިޒަރުން އަޅުގަނޑުމެންގެ ގައުމުތަކުން ނަގަމުންދަނީ އިންތިހާއަށް ނާޖާއިޒް ފައިދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއަށް ދަރަނީގެ މައްސަލަ ބޮޑުވެފައިވާ އިރު އެ މައްސަލަ ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެގޮތުން ޓީޖީއެސްޓީއާއި ގްރީން ޓެކްސް ވެސް މިހާރު ވަނީ ބޮޑުކުރަން ނިންމައިފަ އެވެ.

ދަރަނީގެ މައްސަލަ ހައްލުކުރަން ރާއްޖެއިން އެންމެ ބޮޑަށް ދަރާފައިވާ ޗައިނާއާއި އިންޑިއާއާ ދެމެދުވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އިންޑިއާއިން ބައެއް ލޯނުތައް ވަނީ ފަސްވެސް ކޮށްދީފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް