Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ގޮވާލާ އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި  

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ގޮވާލާ އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި  

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ގޮވާލާ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް އެވެ.

އެ މައްސަލަ މީކާއިލް ހުށަހެޅުއްވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުގެ ގޮތުގައި ސަރުކާރުގެ އެކި އެކި މުވައްސަސާތަކާއި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ފަރާތްތަކުގެ މުސާރަކުޑަ ކުރަން އިއުލާނުކޮށްފައިވާކަން ފާހަގަކުރަމުންނެވެ.

Advertisement
HDC — Sidebar (box)

މީކާއިލް ވިދާޅުވި މިއަދާ ހަމައަށްވެސް ސަރުކާރުގެ އެކި މުވައްސަސާތަކުގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސް އައްޔަންކޮށްފައިވާ މުވައްޒަފުންގެ އަދަދު ހާމަކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ސިޔާސީ މުވައްޒަފުންގެ މަގާމާއި މަސްއޫލިއްޔަތު ހާމަކުރަން ސަރުކާރާއި ރައީސް އަށް މީކާއިލް ގޮވާލެއްވި އެވެ.

އެ މައްސަލަ ބަލައިގަތުމަށް ވޯޓަށް އެހުމުން ވޯޓު ދެއްވާފައިވަނީ 8 މެންބަރެކެވެ. އެ މައްސަލަ ބަލައިނުގަތުމަށް 59 މެންބަރަކު ވޯޓު ދެއްވި އެވެ.

މީގެ ކުރިން ވެސް މަޖިލީހަށް އިދިކޮޅުން ވަނީ މެންބަރުންގެ އަދަދު ހާމަކުރަން ގޮވާލާ ކުއްލި މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެމައްސަލަ ބޭރުކުރެއެވެ. ސަރުކާރު މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅުން ކުއްލި މައްސަލަ ހުށަހަޅަނީ މަޖިލީހުގެ ވަގުތު ބޭކާރު ކުރަންށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް