Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓު ކޮމިޓީން ފާސްކޮށްފި

ސަޕްލިމެންޓްރީ ބަޖެޓު ކޮމިޓީން ފާސްކޮށްފި
ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމެންޓްރީ ބަޖެޓުގެ ކޮމިޓީން ފާސްކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭގެ ފަހުން އެ މައްސަލައަށް ބަހުސްކޮށް ކޮމިޓީއަށް ފޮނުވުމަށް ފަހު މިއަދު ކޮމިޓީން އެ ބަޖެޓު ފާސްކުރީ ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި ހުށަހެޅި 5.11 ބިލިއަންގައި ހިމެނެނީ:

  • ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
  • ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
  • މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ
މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 34 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ސެޕްޓެމްބަރުގެ ނިޔަލަށް ލިބިފައިވަނީ 27 ބިލިއަން ރުފިޔާ އެވެ. ސަޕްލިމެންޓް ބަޖެޓުގައިވާ ގޮތުން މި އަހަރަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރު 640.1 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި މިއަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ. ސަޕްލިމަންޓްރީ ބަޖެޓު މިއަދު ކޮމިޓީން ނިންމިއިރު ދެން އެކަމާ މެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެވެ. ބެލެވޭ ގޮތުގައި އެ ބަޖެޓު މި ހަފްތާ މަޖިލީހުގެ ތަޅުމުން ފާސްކުރާނެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް