Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސަރުކާރު އޮފިޝަލުން ގޯތީގެ ގުރު ނަގާތީ އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ސަރުކާރު އޮފިޝަލުން ގޯތީގެ ގުރު ނަގާތީ އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުމު މީހުންގެ ފްލޮޓްތައް ކަނޑައެޅުމުގައި ސަރުކާރު އޮފިޝަލުން ގޯތީގެ ގުރުއަތު ނަގާތީ އިދިކޮޅު, އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

އެ މައްސަލަ ބޭރުކޮށްލާފައިވަނީ 46 މެންބަރުންގެ ވޯޓާއެކު އެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރެކެވެ.

Advertisement
Allied — Dhen Online (box)

މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް ލިބޭ ޕްލޮޓްތައް ކަނޑައެޅުން ކުރިއަށް ގެންގޮސް ގޯތި ލިބޭ ޕްލޮޓްތައް އެކަށައަޅާ ގޯތި ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ތިން ފަހަރު މަތިން އެ ދެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް, ބައެއް ޕްލޮޓްތައް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި ގޯތީގެ ވެރިފަރާތް ނުގެންގޮސް ސަރުކާރުގެ އޮފިޝަލުން ލައްވާ ގުރު ނެގުމުގެ ކަންކަން އިއްޔެ ފަށާފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ އެކަން ކުރިއަށް ގެންގޮސްފައިވަނީ ގޯތީގެ ހައްގުވެރިންނަށް ދުރާލާ އެނގުމަކާ ނުލާ ކަމަށާއި މިނިސްޓްރީގެ އޮފިޝަލުން ގުރު ނެގުމުގައި ބައިވެރިވުމަކީ ކޮރަޕްޝަނަށް މަގުފަހިވެ, ގޯތީގެ ހައްގުވެރިންގެ މުދަލަށް ނުހައްގު އަރައިގަންނަށް ފުރުސަތު ހުޅުވިގެންދާ ކަމެއް ކަމަށެވެ.

މީކާއިލް ވަނީ ބޯހިޔާވަހިކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ކުރަމުންގެންދާ ކަންކަން ކުށްވެރިކޮށް އެ ހައްގު ނިގުޅައިގަނެވޭ ގޮތަށް ކުރިއަށްގެންދާ ގުރު ނެގުމުގެ އިންތިޒާމު ހުއްޓާލަން ގޮވާލައްވާފަ އެވެ.

އޭގެ އިތުރުން ގޯތިތައް ހަވާލުކޮށް, ފްލެޓް ލިސްޓް އާންމުކުރަންވެސް މީކާއިލް ގޮވާލެއްވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް