Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އޮންލައިންކޮށް ޖުވާކުޅޭ މައްސަލަ ބޮޑުވެ ހުއްޓުވަން ގާނޫނަށް އިސްލާހު ގެންނަނީ

އޮންލައިންކޮށް ޖުވާކުޅޭ މައްސަލަ ބޮޑުވެ ހުއްޓުވަން ގާނޫނަށް އިސްލާހު ގެންނަނީ

އޮންލައިންކޮށް ޖުވާކުޅޭ މައްސަލަ ބޮޑުވު ހުއްޓުވަން ގާނޫނަށް އިސްލާހު ގަންނަން ނިންމައިފި އެވެ.

ރާއްޖޭގައި ޖުވާ ކުޅުމަށް ކެސީނޯތަކެއް ނުހުރެ އެވެ. އަދި ގާނޫނީ ގޮތުން ކެސީނޯތައް ހިންުގުންވެސް މަނަ އެވެ.

އެހެން ނަމަވެސް މި ފަހަކަށް އައިސް އޮންލައިންކޮށް ޖުވާކުޅުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ޖުވާ ކުޅޭ ސައިޓުތައް ބްލޮކްކުރި ނަމަވެސް އެކަމަށް ފުރިހަަމަ ހައްލެއް ނާދެ އެވެ.

Advertisement
HDC — Sidebar (box)

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު ވަނީ އެކަން ހުއްޓުވަން އިތުރު މަސައްކަތްތަކެއް ފެށިކަން ހާމަކުރައްވައިފަ އެވެ.

އުޝާމް ވިދާޅުވީ ޖުވާކުޅުން ވަރަށް ބޮޑަށް އިތުރުފައިވާ އިރު އެކަން ހުއްޓުވޭނީ ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކަމަށެވެ.

""އެކަން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އަޅުގަނޑުމެން ގެންނާނަން،" އުޝާމް ވިދާޅުވި އެވެ.

ޖުވާކުޅުން ބޮޑުވެފައިވާތީ އެކަމަށް މި މަހުގެ ހުތުބާގައި ވެސް ވަނީ އަލިއަޅުވާލައި އާންމުން ހޭލުންތެރިކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް