Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފަތުރުވެރިކަމުގެ ބޭނުމަށް ލޭންޑްމާކް ފަރުމާކޮށްގެން 20،000 ރުފިޔާ ހޯދުމުގެ ފުރުސަތު

ފަތުރުވެރިކަމުގެ ބޭނުމަށް ލޭންޑްމާކް ފަރުމާކޮށްގެން 20،000 ރުފިޔާ ހޯދުމުގެ ފުރުސަތު
ފަތުރުވެރިކަމުގެ ބޭނުމަށް ލޭންޑްމާކް ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވެގެން 20،000 ރުފިޔާ ހޯދުމުގެ ފުރުސަތު, ރާއްޖެ އިޝްތިހާރުކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހުޅުވާލައިފި އެވެ. އެމްއެމްޕީއާރްސީން ނެރުނު އިއުލާނެއްގައި ބުނީ ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ހިންގާ އެ މުބާރާތުގެ މަގްސަދަކީ ލޭންޑްމާކް ޑިޒައިން މުބާރާތް މެދުވެރިކޮށް ރާއްޖޭގެ އާޓިސްޓިކް ހުނަރުގެ މުއްސަނދިކަން ދައްކާލުން ކަމަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންނަށް އަމާޒުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށްޓަކައި ތައްޔާރުކުރެވޭ ލޭންޑްމާކް ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 18 އަހަރުން މަތީގެ ދިވެހިންނަށެވެ.

އެމްއެމްޕީއާރްސީން ބުނީ، އެންމެ މޮޅު 10 ޑިޒައިން ހޮވާނީ ޓެކްނިކަލް ޖަޖުންގެ ޕެނަލަކާއި އާންމުންގެ ވޯޓަކުން އިވެލުއޭޝަންތައް އެއްކޮށްގެން ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މާކެޓިން ހަރަކާތްތަކުގައި އެންމެ މޮޅު 10 ޑިޒައިންތައް ދައްކާލައި، ޑިޒައިނަރުންނަށް އެކަށީގެންވާ ކްރެޑިޓް ދީގެން ބޭނުންކުރާނެ ކަމަށްވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

އެ މުބާރާތުން އެންމެ މަތިން ހޮވޭ 10 ފަރުމާއަކަށް 20،000ރ ފައިސާގެ އިތުރުން އިނާމަކާއި ސްޕޮންސާ ކުރާ ފަރާތްތަކުގެ ގިފްޓް ޕެކޭޖެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

މުބާރާތަކުގެ ފަރުމާތައް އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

Advertisement
Ooredoo — Truecaller (box)

އަދި އެ މުބާރާތާއި ބެހޭ އިތުރު މައުލޫމާތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ކުރިން [email protected] އަށް މެއިލް ކޮށްގެން ހޯދޭނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެ އެވެ.

އެ ހަރަކާތަކީ ރާއްޖޭގެ ހިތްގައިމުކަމާއި ދިވެހި ފަންނުވެރި ހުނަރުތައް ދައްކާލުމާއި 'ސަނީ ސައިޑް އޮފް ލައިފްގައި' ޓޫރިސްޓުންގެ ތަޖުރިބާ އިތުރަށް ފުޅާކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް