Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ގުރެޖުއޭޓުންނަށް; ތީ ފެށުމެއް, ގައުމަށް ހިދުމަތްކޮށްދީ

ރައީސް ގުރެޖުއޭޓުންނަށް; ތީ ފެށުމެއް, ގައުމަށް ހިދުމަތްކޮށްދީ

ދަސްވެނިވުމަކީ ހަޔާތުގެ ކާމިޔާބީއަށް ނަގާ ފުރަތަމަ ހަރުފަތް ކަމަށާއި, އެއަށް ފަހު ވިސްނުން ބަހައްޓަންވީ ގައުމަށް ހިދުމަތްކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ, ގައުމީ ޔުނިވާސިޓީ (އެމްއެންޔޫގެ) ދަސްވެނިވުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ, ކާމިޔާބީއަކީ އެކަމަކަށް އެދި މަސައްކަތް ކުރުމުން ހާސިލުވާ ކަމެއް ކަމަށާއި, ހިތްމަތާއެކުގައި ނުގުނޑާފަދަ އަޒުމެއްގައި ކުރި މަސައްކަތުގެ ނަތީޖާއިން މިއަދު އެހެން ހަރުފަތަކަށް ދެވިފައިވާ ކަމަށެވެ. އަދި އެއަށް ފަހު ދެން އޮތީ ހިދުމަތް ކުރުން ކަމަށް ވިދާޅުވި އެވެ.

Advertisement
Ooredoo — Truecaller (box)

ކިޔެވުމުގެ ދާއިރާގެ އަމިއްލަ ތަޖުރިބާ ހިއްސާ ކުރައްވަމުން ރައީސް ވަނީ އެމަނިކުފާނު ތައުލީމު ހާސިލް ކުރައްވަން އިނގިރޭސިވިލާތުގައި އުޅުއްވި ދުވަސްވަރުގެ ވާހަކަތައް ހިއްސާކުރައްވާފަ އެވެ.

"ތި ބޭފުޅުން ފަދައިން ތި ރާސްތާ އަޅުގަނޑު ވެސް ކަނޑަތުކުރިން މީގެ އަހަރުތަކެއް ކުރިން." ޕީއެޗްޑީ ހާސިލް ކުރެއްވި ދުވަސްވަރުގެ ހަނދާންތައް އާކުރައްވަމުން ރައީސް ވިދާޅުވި އެވެ.

"އަމިއްލަ އަށް ބުރުމާއިން ތޮރުފައިގެން, ބިންމަތީގައި އޮށޯވެގެން އޮވެގެން އެތައް ދުވަހެއް އުޅެން ޖެހުނު,"

"އެންމެ ފަހު ހަތަރު މަސް ދުވަހު, މަސައްކަތަށް ހުސްވާން ވެގެެން އަޅުގަނޑުގެ އާއިލާ ވެސް މާލެއަށް ބަދަލުކޮށްފައި, ކޮންމެ ދުވަހަކު 20 ގަޑިއިރު މަސައްކަތުގައި އުޅެނިން, ނިދީ 2 ގަޑިއިރު. ޔުނިވާސިޓީއަށް ދާން އުޅޭ ވަގުތާއެކު ނުދާނެ 4 ގަޑިއިރު." އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ, ބުރަކޮށް މަސައްކަތްކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ރަނގަޅު ނަތީޖާއެއް ލިބުން ކަމަށާއި ހިތްމަތާއެކުގައި މަސައްކަތް ކުރެވިއްޖެނަމަ ނަތީޖާ ހާސިލްވާނެ ކަމަށެވެ. އަދި ނަތީޖާއާއެކު ދެން އޮތް ހަރުފަތަކީ ހިދުމަތް ކުރުން ކަމަށް ވިދާޅުވި އެވެ.

"މީ އަދި ފެށުމެއް, ތި ހުރިހާ ލޮބުވެތި ދަސްވެނިން, މިއަދު ގުރެޖުއޭޓް ވެގެން ތި ފަށަނީ އާ ހަޔާތެއް. އެ ހަޔާތަކީ އަމިއްލަ ދިރިއުޅުން އާރާސްތު ކުރުމާއި އެކުގައި, އަޅުގަނޑު އެދެނީ އަދި ގަބޫލުކުރަނީ, ގައުމަށް ތިމަންނައަށް ކޮށްދެވޭނީ ކޮންމެއްތޯ ބަލާނެ ކަމަށް" ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް