ސަރުކާރުގެ ހަރަދުގައި އައިވީއެފް ހަދަން ދެވަނަ ބުރުގައި 63 މީހަކު ޝަރުތު ހަމަވޭ

ދަރިމައިވުމުގައި ދިމާވާ ދަތިތަކަށް ހޯދާ ފަރުވާ، އައިވީއެފް އަދި އައިޔޫއައި ހެދުމަށް މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކުން އެހީ ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން 63 މީހަކު ޝަރުތުހަމަވާ ކަމަށް ކަނޑައަޅައި އެ މީހުންގެ ލިސްޓު އާންމުކޮށްފި އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ "އައިވީއެފް" އަދި "އައިޔޫއައި" ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، މިދިޔަ ޖުލައި މަހުގެ ގެ ނިޔަލަށް 215 ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
މިއަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދެނީ 100 ދެމަފިރިންނަށެވެ. އަދި އޭގެ ދަށުން ފުރަތަމަ ބުރުގެ އެހީ ދީފައިވަނީ 37 ފަރާތަކަށެވެ.
އަދި ދެވަނަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން އަންނަ މަހު 30ގެ ކުރިން ފަރުވާ ކުރިޔަށްގެން ދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭ ގޮތުން އެންސްޕާއަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެންސްޕާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެންސްޕާއިން މިއަދު އާންމުކުރި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 10އަކާ ހަމައަށް ވަނީ އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެ މުއްދަތުގައި ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ ޝަކުވާތަކަށް ރިއާޔަތްކޮށ،ް ޝާއިއު ކުރެވިފައިވާ ލިސްޓަށް ބަދަލު ގެންނަންޖެހ ކަމުގައިވާނަމ،ަ މުރާޖާ ކުރޭވެ ލިސްޓު އަންނަ މަހު 15ގައި ޝާއިއުކުރާނެ ކަމަށް ވެސް އެންސްޕާއިން ބުނެފައިވެ އެވެ.