Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާފުށީ ޖަލަށް 26 އަހަރު ފުރުން ފާހަގަކޮށްފި

މާފުށީ ޖަލަށް 26 އަހަރު ފުރުން ފާހަގަކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި އެވެ.

އެކަން ފާހަގަކުރީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް  އިބްރާހިމް މުހައްމަދު ދީދީއެވެ. ޑެޕިއުޓީ ކޮމިޝަނަރގެ އިތުރުން މާފުށީ ޖަލުގެ ޑައިރެކްޓަރ، ޑެޕއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުކް ގަނީ އާއި އެ ޖަލުގެ ކޮމިޝަންޑް އޮފިސަރުންނާއި މާފުށީ ޖަލުގެ ގިނަ ޢަދަދެއްގެ ސީނިއަރ އޮފިސަރުން  ރޭގެ ހާއްސަ ހަފްލާގައި ބައިވެރިވެލެއްވި އެވެ.

Advertisement
Ooredoo — Truecaller (box)

އެ ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ޕްރިޒަން އޮފިސަރުންގެ ޢަޒުމް ކިޔުން ވެސް ބޭއްވި އެވެ.

އެ ރަސްމީއްޔާތު ނިމިގެންދިޔައީ ދުވަހުގެ ހާއްސަ ކޭކު ފެޅުމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް