ރިޕޯޓް މީހުން

ވާހަކަ ފޮތެއްގައި އުޅޭ ޑޮކްޓަރަކުން އުފެދުނު ޝައުގު, ރާއްޖޭގެ ފުރަތަމަ ބެޗްގައި ޑޮކްޓަރަކަށްް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން

މިދިޔަ ބުރާސްފަތި ދުވަހަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ދުވަހެކެވެ. ހަމައެއާއެކު ރާއްޖޭގެ ތައުލީމީ ދާއިރާ އިތުރު ހަރުފަތަކަށް ޖެހިލި އުފާވެރި ދުވަހެވެ.

Ads by Hajj Corporation

މައިންބަފައިންނާއި އާއިލާ ދޫކޮށް ގައުމުން ބޭރުގައި އަހަރުތައް ހޭދަކޮށްގެން ކިޔަވަމުންވިޔަ, މެޑިސިން ނުވަތަ އެމްބީބީއެސް ކޯސް ރާއްޖޭގައި ފެށުމަކީ ގިނަ ބަޔަކު ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެނުގައި ކުލަ ޖެހުނީ 2018 ވަނަ އަހަރު ދިވެހި ރާއްޖޭގެ ޔުނިވާސިޓީއިން ފެށި ކޯހަކާއެކު އެވެ. 21 ދަރިވަރުންނާއެކު އެ އަހަރު އެ ކޯސް ފެށިއިރު އޭގެ ތެރޭގައި ހިމެނެނީ 19 އަންހެން ދަރިވަރަކާއި 2 ފިރިހެން ދަރިވަރެކެވެ.

ގިނަ ގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނަސް ފަހަތު ފަޔަށް ބުރަވުމެއް ނެތި ކޯސް ނިންމާލި ހިތްވަރު ގަދަ އެއް ދަރިވަރަކީ ސައިފުالله މުސްލިމް ކަން ހަމަ ގައިމެވެ. މި ދަތުރަކީ ސައިފަށް އުނދަގޫ, ގޮންޖެހުން ބޮޑު ދަތުރެއް ނަމަވެސް ކާމިޔާބު ދަތުރެކެވެ. ކުޑައިރުގެ ހުވަފެން, ބިލާހަކަށް ނުވެ ކުލަ ޖެހުނު ވަރުގަދަ ދަތުރެކެވެ.

ޑޮކްޓަރަކަށްވުމަށް ސައިފްގެ ހިތުގައި ޝައުގުވެރިކަން އުފެދުނީ ކުޑައިރު ކީ ވާހަކަ ފޮތްތަކުންނެވެ. އޭގައި ޑޮކްޓަރުން އުޅެމުންދާތީ އެވެ.

"ހަނދާންވޭ ކުޑައިރުގައި އަޅުގަނޑު ކިޔާ ވާހަކަ ފޮތެއްގައި ޑޮކްޓަރުންނާްޓަރުންނާ ބެހޭ ގޮތުން ވަރަށް ބޮޑަށް ވާހަކަދައްކާފައި އޮތް. އެ ފޮތް ކިޔައިގެން ބޮޑަށް އިންޓްރަސްޓް އުފެދުނީ މެޑިސިން ކިޔަވަން،" ސައިފް ބުންޏެވެ.

ށ. މިލަންދޫއަށް އުފަން ސައިފް, އޭނާގެ ސާނަވީ ތައުލީމް ނިންމާލީ މާފުށީ ސްކޫލުނެވެ. އެއަށްފަހު ސެންޓަރު ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އިން މަތީ ސާނަވީ ނިންމި އެވެ. ސައިފްގެ ތައުލީމީ ހަޔާތް އޭނާ ނިންމާލީ ރަނގަޅު ނަތީޖާއަކާއެކު އެވެ.

ބުރާސްފަތި ދުވަހު ދަސްވެނިވި ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ސައިފް މިހާރު މަސައްކަތް ކުރަމުން ދަނީ އައިޖީއެމްއެޗްގައި އިންޓާނެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި ޑޮކްޓަރުންކަން ކިޔެވޭނެތޯއާއި ކޮލެޓީއާމެދު ސުވާލުއުފައްދާ

އަލަށް ކޮންމެ ކަމެއްވެސް ފަށާއިރު, ނުވަތަ އާ ކަމެއް ދަސްކުރަން އުޅޭއިރު ތަފާތު ގޮންޖެހުންތަކާ ކުރިމަތިވާނެކަން އެންމެންވެސް ދަންނާނެ އެވެ. އަލަށް ޑޮކްޓަރުކަން ކިޔަވައިދިނުމަށް ފެށި ކޯހުގައިވެސް އެފަދަ ގޮންޖެހުންތައް ދިމާވި އެވެ.

އާންމު ރައްޔިތުންގެ ފަރާތުން ކުރިމަތިވި ސުވާލުތަކާއި ކަންބޮޑުވުންތައް ވެސް ހިމެނެ އެވެ. ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވޭނެ ތޯ އާއި ހުރިހާ ފެސިލިޓީއެއް އެބަ ހުރިތޯ ވެސް އާންމުން ދިޔައީ ސުވާލު އުފައްދަމުންނެވެ. މިއަދު ސާބިތުކޮށް އެ ދިނީ އެކަން ކުރެވޭނެ ކަމެެވެ.

"ދެން ވަރަށް ގިނައިން އަންނަ އެއްޗެއް ޑެޑް ބޮޑީސް ހުރޭތޯ. އެނޮޓޮމީ އެއްޗެހި ދަސްކުރަން"

އެފަދަ ސުވާލުތައް ކުރިމަތިވި ނަމަވެސް ގިނަ ދުވަސްވާ ވަރަކަށް އެކަން ހަމައަކަށް އެޅުމުން, ރަނގަޅުވަމުން އައިކަން ސައިފް ފާހަގަކުރި އެވެ.

" ކޮންމެ ތާކު ކިޔެވިޔަކަސް ވަޓް މެޓާސް ދަ މޮސްޓް އިސް އެ ކުއްޖަކު އެލާ އެފޯޓް, އެ އެފޯޓް ލަންޏާ,"

ބޭރު ގައުމުތަކާ ރާއްޖެއާ ކިޔަވައިދިނުމުގެ ވަސީލަތުގެ ގޮތުގައި އަޅާކިޔާކަން ފާހަގަކުރަމުން ސައިފް ބުނީ ކިޔެވުމުގައި މުހިންމީ ކުއްޖާ ކުރާ މަސައްކަތް ކަމަށާއި ކުއްޖާ ކިޔަވާ ތަން ނޫން ކަމަށެވެ. ސައިފް މިސާލު ދެއްކީ އަމީނިއްޔާގައި ކިޔަވާ ކުއްޖަކާ މަޖީދިއްޔާގައި ކިޔަވާ ކުއްޖަކުންނެވެ. އެ ކުއްޖަކު ކޮންމެތާކު ހުރެވެސް މުހިއްމީ ރަނގަޅަށް ކިޔެވުން ކަމަށް ސައިފް ބުނެ އެވެ.

ކޯސް ފެށިއިރު ގޮންޖެހުން ބޮޑު:

އެގޮތުން ހޮސްޕިޓަލްތަކަށް ތަޖުރިބާ ހޯދަން ގޮސް އުޅުމުގެ ތެރޭގައި ބަލި މީހުންނަށް ކުރާ ސުވާލުތަކާއި ހިސްޓްރީ ނަގާއިރު އެ ބަލި މީހުން ޖެހިލުންވާކަން ސައިފް ފާހަގަކުރި އެވެ. އެހެންނަމަވެސް އެކަންކަން ގިނަ ދުވަސްވާ ވަރަކަށް ރަނގަޅުވަމުން އައި ކަމަށާއި މިހާރު އެކަން މުޅި އަކުން ހަމައަކަށް އެޅިފައިވާ ކަމަށް ސައިފް ބުނެ އެވެ.

ސައިފް ބުނީ މެޑިކަލް ދަރިވަރުން ވީމާ އެ ކުދިން ތަޖުރިބާ ހޯދަން ޖެހޭނެ ކަން މިހާރު ބަލި މީހުންނަށް އެނގޭ ކަމަށެވެ.

ގައުމީ ޔުނިވާސިޓީއިން އެ ކޯސް ފެށީ, މެލޭޝީއާގެ ޔުނިވާސިޓީ އެއް ކަމަށްވާ (ޔޫކޭއެމް) އާއެކު އެމްއޯޔޫއެއްގައި ސޮއުކުރުމަށްފަހު އެވެ.

އެ އެއްބަސްވުމުގެ ފަށުން ފުރަތަމަ ބެޗުން މަސް ދުވަސްވަންދެން އެ ޔުނިވާސިޓީގައި ދެ މޮޑިއުލް ނުވަތަ މާއްދާ ކިޔަވާފައިވެ އެވެ. އަދި އެ ދުވަސްވަރު ޔުނިވާސިޓީގައި ލެކްޓަޗަރާސްއާއި ޕްރޮފެސަރުން ކިޔަވައިދެމުންދިޔަ ގޮތަށް ރާއްޖޭގައި ދެން ހުރި މޮޑިއުލްސްތައް ވަނީ ކިޔަވާފަ އެވެ.

ސައިފް ބުނީ އޭގެ އިތުރުން މިދިޔަ 5 އަހަރުވެސް މެލޭޝިއާގެ ޔުނިވާސިޓިގެ ޕްރޮފެސަރުން ރާއްޖެއައިސް އޮބްޒާވްކޮށް, ބައްދަލުކޮށް ކަންބޮޑުވުންތައް އަޑު އަހާފައިވާ ކަމަށެވެ. އަދި މެލޭޝިއާގެ ޔުނިވާސިޓީއާއި ރާއްޖޭގެ މެޑިސިން ސްކޫލުން ލިބޭ ތަޖުރިބާ އަކީ ހަމަ އެއް ތަޖުރިބާއެއް ކަން ސާއިފް ފާހަގަކުރި އެވެ.

"އައި ވުޑް ސޭ ހަމަ ކޮލެޓީ ވައިސްކޮށް ވަރަށް ބޮޑަށް ކޮލެޓީ ކޮންޓްރޯލްޑް ކޮށްފައި ބަލަމުން ތްރޫ އައުޓް 5 އިޔާޒް އަޅުގަނޑުމެން މި ގްރެޖްއޭޓްވީ"

ސައިފް ގަބޫލުކުރާ ގޮތުގައި އެމްއެންޔޫގެ އެ ކޯހަކީ ހަމަ "ޓޮޕް" ލެވެލްގެ ކޯހެކެވެ.

ވަރަށް އުނދަގޫ, ކޯސް ދޫކޮށްލަން ހިތައް އަރާ ވަގުތުތައްވެސް ދިޔަ: ސައިފް

ރަން ރިނބަނުން ޖަރީކޮށްފައި ހުރި ގައުންއަކާއި ތޮފި އަޅައިގެން ސެޓްފިކް ހިފައިގެން ސައިފްވެސް ފައިބައިގެން އެ އައީ ވަރަށް ގިނަ އޮޅި ގިރާކޮށެވެ. ނުވާނެ އޭ ހީވާ ވަގުތުތަކާ, ކޯސް ދޫކޮށްލަން ހިތައް އެރި އެތައް ވަގުތުތަކެއް ކަޑައްތުކުރުމަށްފަހު އެވެ.

ނަފްސާނީ އަދި ޖިސްމާނީ ގޮތުން ކުރިއަށް ނުދެވޭ ފަހަރުތަކުގައިވެސް އިތުރު ހިތްވަރަކާއެކު މަސައްކަތް ކޮށްގެންނެވެ.

" ދިސް އިސް ނޮޓް އީޒީ, ދިސް އިސް ވެރީ ހާޑް--- އަންނާނެ ހަމަ ޓައިމްސް ޔު ވޯންޓް ޓު ގިވަޕް އެންޑް މިއީ އަމިއްލައަށް ކުރެވޭނެ ކަމެއް ނޫނޭ އެހެން ހިތަށް އަރާ ފަހަރުތައް ވަރަށް ގިނައިން އާދޭ"

ކިޔަވަމުންދިޔައިރު ސައިފްގެ 110 އިންސައްތަ އަމާޒަކީ ކިޔެވުމެވެ. އަދި ކިޔެވުމަކީ ޓައިމް މެނޭޖްކުރުމަކީ އޭނާ ދެކޭ ގޮތުގައި ވަރަށް މުހިއްމު ކަމެކެވެ.

ޑޮކްޓަރަކަށްވުމަށް ކިޔަވަން ފަށައިގެން އުޅޭ ދަރިވަރުންނާއި ޑޮކްޓަރަކަށްވުމުގެ ހުވަފެން ދެކެމުން އަންނަ ކުދިންނަށްވެސް ސައިފްދޭން ބޭނުންވާ މެސެޖެއްވެ އެވެ. އެއީ ފަށާއިރު އުނދަގޫވިޔަސް މަސައްކަތް ކޮށްފިނަމަ ނަތީޖާއާ ހިސާބަށް ވާސިލް ވެވޭނެ ކަމަށެވެ.

ސްޕެޝަލައިޒް ވާނެ ދާއިރާ ނިންމާނީ އިތުރު ތަޖުރިބާއަށްފަހު

މިދިޔަ އަހަރު ސައިފް އައިޖީއެމްއެޗްގައި އިންޓާންއެއްގެ ގޮތުގައި މަސައްކަތް ފަށާފައިވާއިރު އެއީ އެއް އަހަރުގެ އިންޓާންޝިޕެކެވެ.

އެ މުއްދަތުގެ ތެރޭގައި ހިތުން ނުފިލާފަދަ ގިނަ ކަންކަމާ ސައިފަށް ކުރިމަތިވި އެވެ. އުފާވެރި ހަނދާނެއް ހިއްސާކުރަމުން ސައިފް ކިޔައިދިނީ ބަލި މީހެއްގެ ދަރިއަކު އައިސް ކަންބޮޑުވުންތައް ހިއްސާކުރުމުން ދިން ބޭހުން ބަލި މީހާ ރަނގަޅު ވަމުން އައި ހަނދާނެ އެވެ. އުފާވެގެން ބަލި މީހާގެ ދަރިފުޅު ސައިފް ކައިރި އައިސް ދެއްވި ވާހަކަ އެވެ.

މިހާރު ސައިފް އިންޓާން ހަދަމުންދަނީ އެމެޖެންސީ މެޑިސިންގައި ކަމަށްވާއިރު އެ ދާއިރާއަށް އޭނާގެ ޝައުގުވެރިކަން އުފެދިފައިވާ ކަން ފާހަގަކުރި އެވެ. އެހެންނަމަވެސް މިހާތަނަށް އޭނާ ހާއްސަ ވާނެ ދާއިރާއެއް އަދި ނުނިނަމަ އެވެ.

ސައިފްގެ އުންމީދަކީ ފުރުސަތު ލިބިއްޖެނަމަ އިތުރު ދެ އަހަރު އައިޖީއެމްއެޗްގައި މަސައްކަތްކުރުމަށްފަހު ދާއިރާއެއް ކަނޑައަޅާ އިތުރަށް ކިޔެވުމެވެ.