Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

"ސްކީލާން" އަށް ދިން އެވޯޑާމެދު އެމްއެމްސީން ގޮތެއް ނިންމަނީ

"ސްކީލާން" އަށް ދިން އެވޯޑާމެދު އެމްއެމްސީން ގޮތެއް ނިންމަނީ

މިދިޔަ ބުދަ ދުވަހުގެ ރޭ މޯލްޑިވްސް މީޑިއާ ކައުންސިލުންދިން 11 ވަނަ ނޫސްވެރިކަމުގެ އެވޯޑްގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން އޯޑިއޯ, ވީޑިއޯ ކެޓަގަރީއިން "ޖީ ސްކީލާން" އަށް ދިން އެވޯޑާމެދު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮތެއް ނިންމަން ފާސްކޮށްފި އެވެ.

"ޖީ ސްކީލާން" ޑޮކިއުމަންޓްރީއަކީރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއާ ގުޅޭ ގޮތުން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އަދަދު ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓްރީއެކެވެ.

އެމްއެމްސީއިން އިއްޔެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާއިރު އެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ އިނާމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން މައުލޫމާތު ހޯދާ, އެކަމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއި މައްސަލަތަކާ ގުޅޭ ރިޕޯޓެއް ނެރެން ފާސްކޮށްފައިވެ އެވެ.

Advertisement
Ooredoo — Square (box)

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ އެވޯޑުދިނުމުގައި އިންސާފުކޮށްދެއްވި 6 ފަނޑިޔާރުންގެ ޕެނަލްއިންވެސް ބަޔާނެއް ނެރެފައިވެ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ކެޓަގަރީއަށް އެވޯޑު ދިނީ އުސޫލާއި މަގްސަދުތަކާ ހިލާފަށް ކަމަށެވެ.

އެ އުފެއްދުން ބަލައިގަނެ, ނޮމިނޭޓްކޮށް, ފަނޑިޔާރުންގެ މޭޒަށް ހުށަހަޅާފައިވަނީ މީޑިއާ ކައުންސިލުން ބަލަންވާ ވަރަށް ނުބަލާކަން ފާހަގަކޮށް ފަނޑިޔާރުން ބުނީ އެ އުފެއްދުން ކައުންސިލުން ބަލައިގަތް ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.

އެ ބަޔާނުގައި ބުނީ އެކަމާ ގުޅިގެން އުފެއްދި ސުވާލުތަކަށް ކައުންސިލުން ޒިންމާދާރު ކަމާއެކު ޖަވާބުދާރީވެފައި ނުވާ ކަމަށެވެ. އަދި އެ ކެޓަގަރީން އިންސާފުކުރަން ދީފައިވާ 'ރުބްރިކް' ގައި ތަހުގީގީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސްދެވޭނެ އެއްވެސް ގޮތެއް ނެތްކަން ފަނޑިޔާރުން ފާހަގަކުރި އެވެ.

ފަނޑިޔާރުން އިތުރަށް ބުނީ މީގެ ކުރިން ފަނޑިޔާރުންގެ ނިންމުންތައް ހަވާލުކުރަނީ ސިޓީ އުރައެއްގައި ބަންދުކޮށް, ސީލްކޮށް އެކަމަށް ކަނޑައަޅާފައިވާ އޮޑިޓް ފާމަށް ނަމަވެސް މި ފަހަރު އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް