Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގެ ސަފީރު އަފްގާނިސްތާނުންގެ މަންދޫބަކާ ބައްދަލުކުރުމުން ފިޔަވަޅު އަޅައިފި

ރާއްޖޭގެ ސަފީރު އަފްގާނިސްތާނުންގެ މަންދޫބަކާ ބައްދަލުކުރުމުން ފިޔަވަޅު އަޅައިފި
ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ތޯހާ، އަފްގާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު, ސަރްދާރު އަހްމަދު ޝަކީބާއި ބައްދަލުކުރުމުން ދިވެހި ސަރުކާރުން، ތޯހާ އަށް ފިޔަވަޅު އަޅައިފި އެވެ. އެ ދެ ބޭފުޅުން ބައްދަލުކުރައްވާފައިވަނީ ހުކުރު ދުވަހު ޕާކިސްތާނުގަ އެވެ. ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ ގައުމުގެ ގުޅުމާއި ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކާފައިވެ އެވެ. އެކަން ސާފުކޮށްދެމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމަށެވެ. ރާއްޖޭން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އދ އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުސޫލުތަކަށްކަން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި މި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އދ ގައި އަފްނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމުގައި ދެންނެވީމެވެ. - ރާއްޖޭ ފޮރިން މިނިސްޓްރީ
އދ ގެ އުސޫލުތަކުގައި ޑިޕްލޮމެޓުންގެ ހައިސިއްޔަތުން ބައްދަލުކޮށް, އެފަދަ މަޝްވަރާތައް މަނާކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް