ލޮލުގެ ބަލިތަކަށް ޗައިނާ މެޑިކަލް ޓީމަކުން އުނގޫފާރު ހޮސްޕިޓަލުގައި ކޭމްޕްއެއް
ލޮލުގެ ބަލިތަކަށް ގުޅޭ މައްސަލަތައް ބެލުމަށް ޗައިނާ މެޑިކަލް ޓީމަކުން އުނގޫފާރު ހޮސްޕިޓަލުގައި ކޭމްޕްއެއް ކުރިއަށް ގެންގޮސްފި އެވެ.
އެ ކޭމްޕް ކުރިއަށް ގެންދިޔައީ މިދިޔަ ހުކުރާއި ހޮނިހިރު ދުވަހު އެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ އެ ކޭމްޕް ކުރިއަށް ގެންދިޔައީ ހެލްތު މިނިސްޓްރީއާއި ހުޅުމާލެ ހޮސްޕިޓަލް އަދި އުނގޫފާރު ހޮސްޕިޓަލު ގުޅިގެން ކަމަށެވެ.
އެ ކޭމްޕްގައި ބަލިމީހުން ބެއްލެވީ ލޮލުގެ ބަލިތަކާ ބެހޭ އެކްސްޕާޓް ޑޮކްޓަރުން ކަމަށް ވެސް އެމްބަސީން ބުނެފައިވެ އެވެ.
ޗައިނާގެ އެމްބަސީން އިތުރަށް ބުނީ އެ ކޭމްޕްގައި ޖުމްލަ 60 މީހެއްގެ ލޮލުގެ މައްސަލަތައް ބަލައި އަމަލުކުރަންވީ ގޮތް ކިޔައިދިން ކަމަށެވެ.
އެ ކޭމްޕްއަށް އުނގޫފާރުގެ އިތުރުން ކައިރި ރަށްރަށުން ވެސް މީހުން ގޮސްފައިވެ އެވެ.
މީގެ ކުރިން ވެސް ޗައިނާގެ މެޑިކަލް ޓީމްތައް ރާއްޖެއައިސް ކޭމްޕްތައް ހިންގާފައިވެ އެވެ.
ޗައިނާއިން މީގެ ކުރިން ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ސިއްހީ މެޑިކަލް އާލާތްތަކާއި އިކުއިޕްމަންޓްސްތައް ހަދިޔާކޮށްފަ އެވެ.