Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިމަޖެންސީ ރެސްޕޮންސް ކޯޑިނޭޝަން ފުޅާކުރަން ޔޫކޭ ހައިކޮމިޝަނާއެކު ބައްދަލުވުމެއް

އިމަޖެންސީ ރެސްޕޮންސް ކޯޑިނޭޝަން ފުޅާކުރަން ޔޫކޭ ހައިކޮމިޝަނާއެކު ބައްދަލުވުމެއް

ރާއްޖޭގައި ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ކޯޑިނޭޝަން އިންތިޒާމުތައް ފުޅާކުރަން އިނގިރޭސިވިލާތުގެ ހައިކޮމިޝަންއާއެކު ބައްދަލުވުމެއް ބައްދަލުވުމެއް ބާއްވައިފި އެވެ.

އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ބޮޑެތި ކާރިސާތަކާއި ޓެރަރިޒަމް ފަދަ ގައުމީ ފެންވަރުގައި ކަންބޮޑުވާ ވަރުގެ ބޮޑެތި ހާދިސާތައް ކުރިމަތިވާ ހާލަތުގައި ސަރުކާރުގެ އެކިއެކި ގުނަންތަކުގެ މެދުގައި އޮތް ގުޅުމާއި މުވާސަލާތު ކުރުމުގެ ނިޒާމުތައް ހަރުދަނާކޮށް އެކިއެކި އެޖެންސީތަކުގެ މެދުގައި ގުޅިގެން ކުރެވޭ މަސައްކަތް އިތުރަށް ބަދަހިކުރުން ކަމަށް ރައީސް އޮފީހުން ބުނެފައި ވެެވެ.

އެ މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ 13 މިނިސްޓަރީއަކާއި އެޖެންސީއަކުން ބައިވެރިވިއިރު މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންދަވާފައިވަނީ ކާމާބެހޭ އިނގިރޭސިވިލާތުގެ މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް