ހަލީލަށް ޖަޕާނުން މަތީ ޝަރަފެއް އަރުވައިފި

ރާއްޖެއިން ކުރިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ހަލީލްއަށް ޖަޕާނުން މަތީ ޝަރަފެއް އަރުވައިފި އެެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު ބޭއްވި ހާއްސަ ރަަސްމިއްޔާތެއްގައި ހަލީލްއަށް ޖަޕާނުގެ އެމްޕެރާ އެރުވީ " އޯޑާ އޮފް ދަ ރައިސިން ސަން ގޯލްޑް އެންޑް ސިލްވަ ސްޓާ" ކަމަށެވެ.
މިއީ ރާއްޖޭގޭ ބޭފުޅަކަށް އެ ޝަރަފް އެރުވި ފުރަތަމަ ފަހަރު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއީ ރާއްޖެއާއި ޖަޕާންގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ހަލީލް ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން އެރުވި އެވޯޑެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހަލީލް ވަނީ ހާރިޖީ ދާއިރާގައި 41 އަހަރެއްހާ ދުވަހު މަސައްކަތްކޮށްފަ އެވެ.
ހަލީލް ވަނީ ޖަޕާންއަށް 2011 ވަނަ އަހަރު އެރި ސުނާމީއާ ގުޅިގެން 700،000 އެއްހާ ދަޅުމަސް ރާއްޖެއިން ހަދިޔާކުރުމަށް މަސައްކަތް ކުރައްވައިފަ އެވެ.
އަދި ރާއްޖޭގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ޖަޕާންގެ ހިލޭ އެހީ ހޯދަން ވެސް މުހިންުމު މަސައްކަތްތަކެއް އޭނާ ކުރެއްވި އެވެ.