Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސީޕީއޭގެ އޭޝިއާ ސަރަހައްދުގެ މަންދޫބަކަށް ނާޒިމް އިންތިހާބުވެވަޑައިގެންފި

ސީޕީއޭގެ އޭޝިއާ ސަރަހައްދުގެ މަންދޫބަކަށް ނާޒިމް އިންތިހާބުވެވަޑައިގެންފި
ކޮމަންވެލްތުގެ ޕާލަމަންޓްރީ އެސޯސިއޭޝަން(ސީޕީއޭ)ގެ އޭޝިއާ ސަރަޙައްދުގެ، ސަރަޙައްދީ މަންދޫބުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް އިންތިހާބުވެވަޑައިގެންފި އެވެ. ނާޒިމް އެ މަގާމަށް އިންތިހާބުވެވަޑައިގަތީ މިހާރު އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދާ 67 ވަނަ ކޮމަންވެލްތް ޕާލިމެންޓަރީ ކޮންފަރަންސް (ސީޕީސީ)ގެ ބައްދަލުވުމުގެ ތެރެއިން އެވެ.

ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ ސަރަހައްދީ މަންދޫބުންނަކީ އެސޯސިއޭޝަންގެ ހަރަކާތްތައް ހިންގުމާއި، ސަރަހައްދުތަކުގެ މަސްލަހަތު ފައިދާހުރި ގޮތެއްގައި ތަމްސީލުކުރޭތޯ ބެލުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ.

ސަރަހައްދީ މަންދޫބުންގެ ދައުރު ދެމިގެންދަނީ 3 އަހަރަށެވެ.

އަދި، ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި ބައިވެރިވުމާއި، އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން، ސަރަޙައްދީ މަންދޫބުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

Advertisement
Allied — Dhen Online (box)
ނާޒިމް މިއަދު ވަނީ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގެ ކޮންފަރެންސްގައި ތަގުރީރުކުރައްވައި ފޭކު ނިއުސްއިން ކުރާ ނޭދެވޭ އަސަރުގެ މައްޗަށް އަލިވެސް އަޅުވާލައްވައިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް