ޚަބަރު

ހިޔާ ފްލެޓްގައި ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި 12 މީހުންގެ ބަންދު ޖަހައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މީހަކު ރަހީނުކުރި ފްލެޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: މި މީހާ/ފޭސްބުކް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިޔާ ފްލެޓްގައި ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި 12 މީހުންގެ ބަންދު ޖަހައިފި އެވެ.

Ads by Sosun Fihaara

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ އޭގެ ތެރެއިން 5 މީހަކު ތިން ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު ބާކީ 7 މީހުން ބަންދުކޮށްފައިވަނީ 9 ދުވަހަށް ކަމަށެވެ.

އެ މީހުންގެ ވަނަވަރު މިހާތަނަށް ހާމަކޮށްފައިނުވާއިރު އެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގާފައިވަނީ އެޗް-9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓްގަ އެވެ.

އެ ރޭ ފުލުހުން ބުނީ އެ މީހާ ސަލާމަތްކޮށްފައިވަނީ މީހަކު ރަހީނުކުރި ކަމަށް ބުނެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން ކަމަށެވެ. އަދި އެޕާޓްމަންޓްގެ ދޮރު ހަލާކުކޮށް, ވަތްއިރު އެ މީހާގެ ބޯ ބާލުވަފައިވާ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ މީހާގެ އިނގިލި ބުރި ކޮށްލަން އެ މީހުން އެ ވަގުތު މަސައްކަތްކުރަމުންދިޔަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

އެ ހާދިސާއާ ގުޅިގެން "ސަންގު" ޓީވީއާ ވާހަކަ ދައްކަވަމުން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެރޭ އިރާކޮޅު ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ރަހީނުކުރި ދިވެއްސަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި ފުލުހުން ދެއްކި ހުޝިޔާރު ކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!