Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހިޔާ ފްލެޓްގައި މީހަކު ރަހީނުކުރި 12 މީހުންގެ ވަނަވަރު އާންމުކޮށްފި 

ހިޔާ ފްލެޓްގައި މީހަކު ރަހީނުކުރި 12 މީހުންގެ ވަނަވަރު އާންމުކޮށްފި 
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިޔާ ފްލެޓްގައި މީހާކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި 12 މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 12 މީހުންނަކީ:
  1. އަލްމާން އަލީ ހާލިދު (22އ), ވެހި, ގދ. ވާދޫ
  2. މުހައްމަދު އިޒްކާން (18އ), މ.ހަތިކަނޑު, މާލެ
  3. އިޒާން އަހްމަދު (18އ), ޒުނައިޓްވިލާ, ކ. ގުރައިދޫ
  4. އަހްމަދު ޒާހިރު (36އ), ދަންމަރު, ށ. ފޯކައިދޫ
  5. އާދަމް ހުސައިން (48އ), ޖަމީލާމަންޒިލް, ލ. މާވަށް
  6. އިބްރާހީމް ނަޝީދު (34އ), ހިޔަލީގުލްޝަން, ލ. އިސްދޫ
  7. އަހްމަދު ސަމީހު (22އ), ނައިޓްސްޓާރ, ބ. ގޮއިދޫ
  8. އިސްމާއީލް ވިސާމް މުހައްމަދު (29އ), ވ. ގާމާ, ކ. މާލެ
  9. ވިޝާމް މުހައްމަދު (23އ), ޗިޗަންޑާގެ, ގދ. ވާދޫ
  10. ވިސާމް މުހައްމަދު (30އ), ހުޅުޏާލެ ހިޔާ 14-17-03,
  11. މުޝްތާގު ޝާކިރު (37އ), ޖަނަވަރީގެ, ގދ. ވާދޫ
  12. ހަސަން ޣާލިބު (38އ), އާރެސް, މ. ކޮޅުފުށި
ފުލުހުން މިއަދު ބުނީ އޭގެ ތެރެއިން 5 މީހަކު ތިން ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު ބާކީ 7 މީހުން ބަންދުކޮށްފައިވަނީ 9 ދުވަހަށް ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ އެޗް-9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓްގަ އެވެ. އެ ރޭ ފުލުހުން ބުނީ އެ މީހާ ސަލާމަތްކޮށްފައިވަނީ މީހަކު ރަހީނުކުރި ކަމަށް ބުނެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން ކަމަށެވެ. އަދި އެޕާޓްމަންޓްގެ ދޮރު ހަލާކުކޮށް, ވަތްއިރު އެ މީހާގެ ބޯ ބާލުވަފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން އެ މީހާގެ އިނގިލި ބުރި ކޮށްލަން އެ މީހުން އެ ވަގުތު މަސައްކަތްކުރަމުންދިޔަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެ ހާދިސާއާ ގުޅިގެން "ސަންގު" ޓީވީއާ ވާހަކަ ދައްކަވަމުން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެރޭ އިރާކޮޅު ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ރަހީނުކުރި ދިވެއްސަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި ފުލުހުން ދެއްކި ހުޝިޔާރު ކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް