ޒުވާނަކު ގެއްލިގެން ހޯދަނީ

ރ. މާކުރަތު ޒުވާނަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން ދަނީ ރ. މާކުރަތު / ތިންތަރި، އަހްމަދު ޝާހީން (21އ) ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 6 ވަނަ ދުވަހު ފޯނުން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ވަނީ ޝާހީންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފަ އެވެ.