Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޑިޔާގައި 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފި

އިންޑިޔާގައި 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފި

އިންޑިޔާގައި ފަނަރަ އަހަރާއި އަށާރަ އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖަހަން މިއަދު ފަށައިފިއެވެ.

ވެކްސިން ޖަހަން ފެށުމުގެ އެއްދުވަސް ކުރިން ވެކްސިންޖަހާ މީހުންނާއި ވެކްސިން ޖެހުމަށް ކަނޑައެޅިފައިވާ ތަންތަން ކަށަވަރުކުުރުމަށް އިންޑިޔާގެ ހެލްތު މިނިސްޓަރު މަންސުކް މަންޑަވިޔާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މި އުމުރުފުރާގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހުމަށް ހުޅުވައިލުމާ އެކު އަށް ލައްކައަށް ވުރެ ގިނަ ކުދިން ވެކްސިން ޖެހުމަށް ޓަކައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓާ ކޮށްފައިވާކަމަށް ޚަބަރުތަކުން ބުނެއެވެ.

Advertisement
HDC — Sidebar (box)

އިންޑިޔާގެ ކޮވިޑްގެ ހާލަތަށް ބަލައިލާއިރު އަލަށް ކޮވިޑަށް ފައްސިވެގެން ހޯމަ ދުވަހު 33750 މީހުން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 10،846 މީހުން ބަލިން ރަނގަޅު ވެފައި ވެއެވެ. މި ބަލީގައި ހޯމަ ދުވަހު މަރުވެފައިވާ މީހުންގެ އަދަދަކީ 123އެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 1،45،582 އެވެ.

ޔޫނިއަން މިނިސްޓްރީ އޮފް ހެލްތުން ބުނާ ގޮތުގައި 1700 މީހުންނަށް އޮމިކްރޮން ވޭރިއަންޓް ޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. އަދި މި ބަލިން ރަނގަޅުވެ ޑިސްޗާޖު ކޮށްފައިވާ މީހުންގެ އަދަދަކީ 639އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް