Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސޯލިހު ކުރެއްވި ފުރަތަމަ ކޯލުގައި ވެސް ޔާމީން ގެއަށް ބަދަލުކޮށްދޭން އެދުނިން: ރައީސް

ސޯލިހު ކުރެއްވި ފުރަތަމަ ކޯލުގައި ވެސް ޔާމީން ގެއަށް ބަދަލުކޮށްދޭން އެދުނިން: ރައީސް
ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ އާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނަށް ކުރެއްވި ފުރަތަމަ ފޯނު ކޯލުގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގެ ބޭއްވި ދުވަހުގެ ރޭ އިންތިހާބީ ރައީސް މުއިއްޒަށް ގުޅުއްވި ކަމަށެވެ. އެ ފޯނުގައި ޔާމީން އާ ގުޅުންހުރި އެެއްވެސް ވާހަކައެއް ދެކެވިފައި ނުވާ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހުގެ މެންދުރުފަހު ރައީސް އޮފީހުގައި އިންތިހާބީ ރައީސް އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލުކުރެއްވި ކަމަށެވެ. ބައްދަލުވުމުގައި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަމާ މަޝްވަރާކުރެއްވުމަށް ފަހު ޔާމީން ގެޔަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވި ކަމަށް ސޯލިހު ވިދާޅުވި އެވެ. އެ ވާހަކަ ހިއްސާކުރެއްވުމުން އެ ދެ ބޭފުޅުންނަށް އެކަން އެނގިވަޑައިގެންފައި ނުވާކަން ހާމަވި ކަމަށެވެ. ޔާމީންގެ ބަންދަށް ލުއިދެއްވީ މިހާރުގެ ރައީސް އަދި މަޖިލިހުގެ ރައީސް އެގޮތަށް އެދިވަޑައިގެން ނޫން ކަމުގައި ސޯލިހު ވިދާޅުވި އެވެ. ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ ވައުދެއް ވެވަޑައިގެންފިނަމަ އެކަމެއް ފުއްދަވާނެ ބޭފުޅެއް ކަމަށެވެ. ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެސް ފުއްދެވެން ހުރި ވައުދުތައް ފުއްދެވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެއްކެވި އެއް ވާހަކައަކީ ޔާމީން ނުހައްގުން ޖަލުގައި ހުންނެވި ވާހަކަ ކަމަށެވެ. ރައީސްކަމުގެ ޒިންމާ ހަވާލުކުރާ ހިސާބުން ސިޔާސީ ނުފޫޒުން ޖަލުގައި ހުންނެވި ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަަމަށް ވިދާޅުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ އާ ގުޅިގެން އެމަނިކުފާނާ ވާދަކުރެއްވި އަދި އޭރުގެ ރައީސް ސޯލިހު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މަރުހަބާ ދަންނަވަން ގުޅުއްވި ކަމަށެވެ.
"އެ ފޯނު ކޯލުގައި ވެސް އަޅުގަނޑު ފުރަތަމަ ދެންނެވި ރައީސް ޔާމީން ގެއަށް ގެނެސްދެއްވާށޭ. ބައެއް ބޭފުޅުން ހަނދުމަފުޅު ނެތިދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އެފަދައިން ވިދާޅުވުމަށް ފަހު، އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރަން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ހިމެނޭ ކްލިޕެއްގެ މަންޒަރެއް ދެއްކެވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް