Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގެ އިމެޖެންސީ ބޮޑުކުރަން އާރުޑީސީއާ ހަވާލުކޮށްފި

ހުޅުމާލެ ހޮސްޕިޓަލުގެ އިމެޖެންސީ ބޮޑުކުރަން އާރުޑީސީއާ ހަވާލުކޮށްފި
ހުޅުމާލެ ހޮސްޕިޓަލުގެ އިމެޖެންސީ ބޮޑުކުރަން އާރުޑީސީއާ ހަވާލުކޮށްފި އެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ. އެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން އެކުންފުނީގެ އެމްޑީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ސޮއިކުރެއްވި އިރު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް އެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ އެއްބަސްވުމުގެ ދަށުން އިމެޖެންސީ ރޫމް ބޮޑުކުރާނީ އިތުރު 14 އެނދު ހިމެނޭ ގޮތަށް ކަމަށެވެ. އަދި އެއާއެކު އެޑްވާންސް ޑައިގްނޯސްޓިކް ވަސީލަތްތައް ވެސް އިތުރުކޮށް އަދި ގިނަ ކަންކަމަށް އެޓެންޑްވެވޭގޮތަށް އިމެޖެންސީ ރެސްޕޮންސް (އީއާރު) ތަރައްގީކުރެވިގެންދާނެ ކަަމަށް ވެސް ބުނެފައިވެ އެވެ. އެ މަސައްކަތް ހަވާލުކުރި އަގެއް ހާމަކޮށްފައި ނުވާ އިރު ނިންމަން ދިން މުއްދަތުވެސް ސާފެއް ނުވެ އެވެ.
މިިދިޔަ ހޮނިިހިރު ދުވަހު ވަނީ ގިނަ ހިދުމަތްތަކެއް އަލަށް ގާއިމްކޮށް ޓާޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް