Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކާރެއްގައި މީހަނު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ކާރެއްގައި މީހަނު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި
ހުޅުމާލޭގައި ޓެކްސީއެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހުންގެ މިއަދު ދޫކޮށްލައިފި އެވެ. މިދިޔަ ހަފްތާގައި ހުޅުމާލޭ އޯކިޑް ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓާ، އަނިޔާކޮށް ބިރުދެއްކިކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކުރި އެވެ. އެ މީހުންނަކީ:
  • މާލެ، ދަފްތަރު ނަންބަރު ރސ 9022، ތަލާލް މޫސާ (37އ)
  • ހދ. ކުމުންދޫ، ރަތްބަގީޗާގޭ، ހުސާމް އިބްރާހީމް (34އ)
  • ހދ. ކުމުންދޫ، ރަތްބަގީޗާގޭ، އާދަމް ޝަރީފް (36އ)
  • ގ. ކަޅަގާރިމާގެ، ހުސެއިން ހައިކަލް ނިޔާޒު (23އ)
  • ހުޅުމާލެ ފްލެޓް ނަންބަރު 04-1-71, އަހްމަދު ރިޝްފާން (26އ)
އެ މައްސަލާގައި އެ މީހުންގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ޖެހީ 7 ދުވަހެވެ. ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ވަނީ ދޫކޮށްލާފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް