އަންހެނުންނަށް ހާއްސަކޮށްގެން އެމްޕީއެލްއިން ކުރިއަށް ގެންދާ އެޕްރެންޓިސް ޕްރޮގްްރާމްގައި ބައިވެރިވާން ހުޅުވާލައިފި

އަންހެނުންނަށް ހާއްސަކޮށްގެން އެމްޕީއެލްއިން ކުރިއަށް ގެންދާ އެޕްރެންޓިސް ޕްރޮގްްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޕީއެލްއިން ބުނީ މިއީ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މީހުން ބިނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއާ ގުޅިގެން ކުރިއަށް ގެންދާ އެ އެޕްރެންޓިސް ޕްރޮގްރާމްގައި ހަތް ދާއިރާއަކުން 18 އަންހެނަކަށް ފުރުސަތުދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެޕްރެންޓިސް ޕްރޮގްރާމްގެ ދާއިރާތަކާއި ޖާގަ ދީފައިވާ އަދަދު:
- ވެލްޑިން – 4 ޖާގަ
- ކާޕެންޓާ – 2 ޖާގަ
- މެޝިނިސްޓް – 2 ޖާގަ
- މެރިން މެކޭނިކް (މެރިން އިންޖިނިއަރިން) – 2 ޖާގަ
- އިލެކްޓްރިޝަން (އިލެކްޓްރިކަލް އިންޖިނިއަރިން) – 3 ޖާގަ
- މެކޭނިކް (ވެހިކަލް ރިޕެއާ) – 2 ޖާގަ
- އެއަރ ކޮންޑިޝަނިން އެންޑް ރެފްރިޖަރޭޝަން – 3 ޖާގަ




.jpeg)

ކޮމެންޓް