ޚަބަރު

މޮސްޓާގެ ރައްދު ޝިފާއުއަށް: ރާއްޖެއަށް ގެސްޓުން ނައުމަށާއި ބޭރުގެ ސިފައިން އަރަން ގޮވީ އިދިކޮޅުންނެއް ނޫން، ޚާއިނުން ގިނަ އެމްޑީޕީން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީގެކުރިންވެސް ރާއްޖެއަށް ގެސްޓުން ނައުމަށާއި އަދި ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ބޭރުގެ ސިފައިން އަރަން ގޮވީ އިދިކޮޅުން ނޫން ކަމަށާއި ހަމަ ގައްދާރުންނާއި ޚާއިނުން ގިނަ އެމްޑީޕީން ކަމަށް ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ތުހުމަތު ކުރައްވައިފިއެވެ.

Ads by STELCO

މޮސްޓާ މިހެން ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު އިނދަ ޖައްސާލުމަށް އިދިކޮޅުން ބަންގްލަދޭޝް މީހުންނާއެކު މަނީ ލޯންޑަރިން ހިންގާ ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޝިފާއު ތުހުމަތު ކުރެެއްވުމުން އެކަމަށް ރައްދު ދެެއްވަމުންނެވެ.  އިދިކޮޅުން މިގޮތަށް މަނީ ލޯންޑަރީ ހިންގަމުން ދަނީ ކްރެޑިޓް ކާޑުތައް ބޭނުން ކޮށްގެން ކަމަށް ޝިފާއު ތުހުމަތު ކުރިއެވެ.

ޝިފާއު މިހެން ވިދާޅުވުމުން އެކަމަށް ރައްދުދެއްވާ މިއަދު މޮސްޓާ ޝިފާއުއަށް ޓެގް ކުރައްވާ ލިޔުއްވީ ހަަމަ ބުއްދިއަށް ރުޖޫއަވެފައި ޓްވީޓް ކުރުމަށް ވަނީ ގޮވާލާ ކަމަށެވެ.

އިދިކޮޅުން ބަނގްލަދޭޝް މީހުންނާއެކު މަނީ ލޯންޑަރީ ހިންގާކަމަށް ތުހުމަތު ކުރައްވަމުން ޝިފާއު އިތުރަށް ވިދާޅުވީ މިކަން ތަހުޤީޤުކޮށް ވަގުތުން މިކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

މާލޭގެ މަގުތަކުގައި "އަޅުވެތިކަމާ ދެކޮޅަށް" މި ނަމުގައި ބޭއްވި ސައިކަލު ބުރުގައި ވެސް މޮސްޓާ ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ.

Ads by Allied Insurance
  1. ައައި

    މޮސްޓާ އަށް ސާބަސް…ގަދަ ބަތޮލެއް..

  2. ސޮމެޮނެ

    ހޯޕް ހޯޕް! ދެން އަތްޖަހާ …