Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފުޅާ ދާއިރާއެއްގައި ހަށި ވިއްކި ހަތް މީހަކު އަތުލައިގެންފި

ފުޅާ ދާއިރާއެއްގައި ހަށި ވިއްކި ހަތް މީހަކު އަތުލައިގެންފި

ހަށި ވިއްކުމުގައި އުޅުނު ހަތް މީހަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަންއިން މިއަދު އެކްސްގައި ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި މަހު ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގި ކަމަށެވެ.

އެގޮތުން ފަސް މައްސަލައަކާއި ގުޅިގެން ބިދޭސީ ފަސް އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

Advertisement
Allied — Dhen Online (box)

އަދި އެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށާއި އަދި ބާކީ 04 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

މި މަހުގެ  ކުރީކޮޅު ވެސް މާލޭގައި ހިންގަމުންދިޔަ ސްޕާއެއް ރެއިޑްކޮށް އެތަނުގައި ހަށިވިއްކަން އުޅުނު ހަތަރު ބިދޭސީއަކު އަތުލައިގެންފަ އެވެ.

އަދި މިދިޔަ މަހު ފަހުކޮޅުވެސް ވަނީ ހަށި ވިއްކުމުގައި އުޅުނު ހަތް ބިދޭސީއަކާއި އެ މީހުންގެ އެޖެންޓުންގެ ގޮތުގައި އުޅުނު ދެ ބިދޭސީއަކު އަތުލައިގެންފަ އެވެ.

މާލޭގައި ސްޕާތަކުގައި ހަށި ވިއްކުމުގެ މައްސަލަ ވަރަށް ބޮޑެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް