Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފައިސާ ހޯދަން މަންމައަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި 

ފައިސާ ހޯދަން މަންމައަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި 

ފައިސާ ހޯދަން މަންމައަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.

Advertisement
Allied Insurance — Square (box)

ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާން ފާހަގަކޮށްފައިވެ އެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ފެމިލީ ކޯޓުން ނެރެފައިވާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކާ ހިލާފަށް އެ މީހާގެ މަންމަގެ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ, ބިރުދައްކައި, ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެ މީހާ ބަންދުކުރަން ޖެހޭ ސަބަބެއް ކަމަށް އަމުރުގައި ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

މީގެ ކުރިންވެސް މަންމައަށް އަނިޔާކުރާ މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް, ދައުވާކޮށް ހުކުމްކޮށްފައިވެސްވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް