Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގައްދޫ ކައުންސިލްގެ ރައީސް، ރައީސް މުއިއްޒުގެ އަބުރަށް އަރައިގަތް ކަމަށް ބުނާ މައްސަލަ ބަލަނީ

ގައްދޫ ކައުންސިލްގެ ރައީސް، ރައީސް މުއިއްޒުގެ އަބުރަށް އަރައިގަތް ކަމަށް ބުނާ މައްސަލަ ބަލަނީ

ގދ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދު, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅަށް އަރައިގަތް ކަމަށް ބުނާ މައްސަލަ ބަލަން ލޯކަލް ގަވާމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން ގދ. އަތޮޅު ކައުންސިލަށް އަންގައިފި އެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވައި މި މަހުގެ 18 ވަނަ ދުވަހު ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ގައްދޫ ކައުންސިލްގެ ރައީސްއާ ގުޅޭ ޝަކުވާއެއް އަމިއްލަ ފަރާތަކުން އެލްޖީއޭއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ގައްދޫގެ ވަޓްސްއަޕް ގްރޫޕްއެއްގައި ރައީސް މުއިއްޒުއާާއ ސަރުކާރުގެ އިސްވެރިންގެ އަބުރަށް ހުތުރުވާ ގޮތަށް ހަޑި ހުތުރު ބަހުން ގައްދޫ ކައުންސިލްގެ ރައީސް މުއާމަލާތް ކުރާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

Advertisement
Allied Insurance — Square (box)

އެހެންވެ އެ ސިޓީގައި އެދިފައިވަނީ ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބަލައި އިސްލާހުކުރުމަށް އޭނާ އަށް އެންގުމަށެވެ.

ގައްދޫ ކައުންސިލްގެ ރައީސްއަކީ ޕީޕީއެމްގެ ޓިކެޓްގައި ހޮވިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް މިހާރު ތާއިދުކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް