Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުޑަކުދިންގެ ކަރާމަތަށް އުނިކަން ލިބޭތީ، މައުލޫމާތު އާންމު ނުކުރަން އެދިއްޖެ

ކުޑަކުދިންގެ ކަރާމަތަށް އުނިކަން ލިބޭތީ، މައުލޫމާތު އާންމު ނުކުރަން އެދިއްޖެ

އަނިޔާއާއި ކުށުގެ ޝިކާރައަކަށްވާ ކުޑަކުދިންނާއި، ކުށުގެ ތުހުމަތުގައިވާ ކުޑަކުދިންގެ ޒާތީ މައުލޫމާތާއި އެކުދިންގެ ތަސްވީރާއި، އެކުދިންގެ މައުލޫމާތު ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް އާންމު ނުކުރަން މިނިސްޓްރީ އޮފް ސޯޝަލް، ފެމިލީ ޑިވޮލޮޕްމަންޓްއިން އިލްތިމާސް ކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކުޑަކުދިންގެ ޒާތީ މައުލޫމާތާ ފޮޓޯ މީޑިއާގައި ނުވަތަ އެނޫން ވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެކަން ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން، އެކުދިންގެ މައުލޫމާތު އާންމުންނަށް ދެނެގަނެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކުދިންނަށް ނަފްސާނީ ގޮތުން އިތުރު ގެއްލުންތަކެއް ލިބި ކުދިންގެ ކަރާމާތަށް އުނިކަން ލިބެމުންދާތީ މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/MSFDmv/status/1862533335219937487

އެހެންކަމުން، އެކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ ފަދަ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯތައް މީޑިއާގައި ދައުރު ނުކުރުމަށް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެ އެވެ.

އެއްވެސް ކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭކަން އެނގޭނަމަ ލަސްނުކޮށް މިނިސްޓްރީގެ ހެލްޕްލައިން، 1412 އަށް ގުޅާ، ރިޕޯޓް ކުރުމަށް ވެސް މިނިސްޓްރީން އެދިފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް