ޖެނުއަރީ 1 އިން ފެށިގެން ވަޒީފާއިން ރިޓަޔާކުރާ މުވައްޒަފުންނަށް އެލަވެންސް ނުދޭން ނިންމައިފި
ފެށޭ އަހަރު ޖެނުއަރީ 1 އިން ފެށިގެން ސަރުކާރު ވަޒީފާއިން ރިޓަޔާކުރާ މުވައްޒަފުންނަށްދޭ އެލަވެންސް ނުދޭން ސަރުކާރުން ނިންމައިފި އެވެ.
އެގޮތަށް ނިންމާ, ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު, މޫސާ ޒަމީރު ސޮއިކުރައްވާ މިދިޔަ އަންގާރަ ދުވަހު ސަރުކާރު އޮފީސްތަކަށް ސިޓީއަކުން އަންގާފަ އެވެ.
އެ ސިޓީގައި ބުނެފައިވަނީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތަކުގެ ތެރެއިން މާލީ ނިޒާމް ހަރުދަނާކުރުމަށްޓަކައި މިހާރު އަމަލުކުރަމުންދާ ގޮތަށް ބައެއް އިސްލާހުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
ގެންނަ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ ވަޒީފާތަކުން މުސްކުޅި ކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އެލަވެންސް ޖެނުއަރީ 1 އިން ފެށިގެން އަލަށް ވަޒީފާއިން މުސްކުޅި ކުރާ މުވައްޒަފުންނަށް ދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.
ނަމަވެސް މި އަހަރު ޑިސެންބަރު 31 ގެ ނިޔަލަށް ވަޒީފާއިން މުސްކުޅިވެ މަހުން މަހަށް އެލަވެންސް ލިބެމުންދާ މުވައްޒަފުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި މަހުން މަހަށް ލިބެމުންދާ އެލެވެންސް ލިބެމުންދާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އެ ސިޓީގައި އިތުރަށް ބުނީ އިދާރާތަކުން އެ އެލަވެންސް ދިނުމުގައި އަމަލުކުރާ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް, ޖެނުއަރީ 1 ފެށިގެން ތަންފީޒުކުރުމުގެ ގޮތުން ގަވާއިދަށް ގެންނަ ބަދަލުތަކާއެކު ގެޒެޓްކުރުމުގެ ހުއްދައަށް އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާ, އަންނަ މަހުގެ 15 ގެ ކުރިން އެ އިސްލާހު ގެޒެޓްކޮށް ނިންމަންވާނެ ކަމަށެވެ.
ސިޔާސީ މީހުންނަށް ދީފަ، މުސްކުޅި ކުރާ މީހުންނަށް ދޭނެ އެއްޗެއް ބާކީ ނުވަނީބަ؟
މިއީ ކުޑަ މުސާރައެއްގައި އެ އެލަވަންސް ޢުމުރު ދުވަހަށް ލިބޭނެކަމުގެ އުއްމީދުގައި މުޅި ޢުމުރު ހޭދަކުރަމުންދާ ނިކަމެތި މުވައްޒަފުންނަށް މި ސަރުކާރުން ދިން ހާދަ ބޮޑު އަނިޔާ އެކެވެ. މި ސަރުކާރު ބަދަލު ކުރައްވާދޭވެ
އާމީން
އަޅުގަނޑުވެސް ސަރުކާރަށް ވަންތާ 40 އަހަރު ވެއްޖެ. މުސާރަ ފިޔަވައި އިތުރު އެއޗެއް ނުލިބޭ. އެއްކޮށް އުޅުނު އެހެން މީހުނަށް ފްލެޓްތައް ލިބިފައިވޭ. ސަރުކާރު ހޮވަން މަސައްކަތް ވެސް ކުރެވުނު. މިހާރުވެސް … ބަޓް މިހާރު މިވާ ގޮތުން ކަމަކު ނުދޭ.
ކުރީގެ ރައީސުން މަޖިލިސް މެމްބަރުންނަށް ދޭވަރު ދަށްކޮށްލާފައި / ކަނޑާލާފައި ނަމަވެސް ރިޓަޔާރ ކުރާ މުވައްޒަފުންނަށް ޢިނާޔަތް ދިނުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ފެނޭ.
2 – 5 އަހަރު ވެރިކަން ކުރާ މީހާ އާއި 40 30 އަހަރު ވަޒީފާ އަދާ ކުރާ މީހާއާއި ނުބައްދަލު. މިހާރުވެސް ވެރިކަންކޮށްފައިވާ ބައެއް ރައީސުންނަށް ބޮޑެތި މުސާރަ ލިބޭ. އަދި މެދުކެނޑުމެއްނެތި 12، 18 އަހަރު ސަރުކާރުން ބޮޑު ޢިނާޔަތް ވަކި ބަޔަކަށް ދިނުމަކީ އެއްގޮތަކަށްވެސް ހަމަ ޖެހޭ ގޮތެއް ނޫން. މިނިސްޓަރ އަލުން މިކަންތައް ރިވައިސް ކޮށްދެއްވުން އެދި ދަންނަވަން. ޝުކްރިއްޔާ
ޟިވަރުގެ އަނިޔާވެރި ބަެހ ނުދެކެން މުޅިއުމުރުގަ ކުރި ހުރިހާ ކަމެއް ފަންފުލުން. ސިޔާސި މީހުން ކައިފަ ބާކިވާވަރު ނުވި. ސަރުކާރަށް ސަލާމް. ވޯޓް ހޯދަން ނާންނާތި.
ބަލަ ތިކަން ތިހެން ނިންމަން އަރާއެއިނީ މުސާރަޔަކާނުލާ ހިލޭ ސާބަހަށްތޯ؟
ޢެހެން އެކަން ނިންމަން އޭނަޔަށް ލިބިގެންވާ ހައްގުގެ މިސާލަކީ ޖަންގަލީގެ ވެރިކަން ކުރުމުގެ ވެރިކަން ކުރުމުގެ ހައްގުބމިނިކާވަގަށް ލިބޭގޮތަށް!
މިއީ މަސްގަންނަ ކުންފުނިތަ؟
ބޭރުން ލޯނުނަގަން ކަތިލަންވީ ވަކިބަޔެއްތަ؟
ސަރުކާރު އެހާ ކުރު ނޯޓީސްއެއް ދީގެންނުވާނެ. ރައްޔިތުންގެ ބަޔަކު ސަރުކާރަށްވެސް ޚިދުމަތްކުރަނީ. ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ކަންކަން ކޮށްގެންވެސް ނުވާނެ. މަހުން މަހަށް އެއްޗެއް ނުލިބި ކިހިނެއް ރައްޔިތުން ދިރިއުޅޭނީ. ގަނޑުކޮށް ލިބޭ އެެއްޗެއް އިންވެސްޓް ކޮށްލާނެ ގޮތެއްވެސް މިގައުމަކު ދެއްކިފައެއެ ނެތް. އެންމެ ކުޑަމިނުން ހިއްސާއެއް ގަނެގެންވެސް ވާނެ ފައިދާއެއްނެތް. ކުރިން ޕެންޝަން ސްކީމުން ދިން އޮޕްޝަނުން ނެގި ފައިސާއިން އެމްޓީޑީސީން ގަތް ހިއްސާއިންވެސް އެއްޗެއް ނުލިބި 15 ވަރަކަށް އަހަރު ނިމުނީ ވަނީ ގެއްލުން މުސާރަ ލިބެނީ ކުންފުނީގެ މީހުންނަށް ބޮޑުކޮށް. ސަރުކާރުންވެސް ކަމެއް ކުރާއިރު ރައްޔިތުންނާ ދޭތެރޭގަ ވިސްނަން އެބަޖެހޭ. ފައިސާ ބޭނުމަސް ތީ ވަރަށް ގޯސް ނިންމުމެއް
ދިގު މުއްދަތެއްގައި ޚިދްމަތްކުރި މީހުންގެ އިޙްސާސްތަކުގަ އަގުވަޒަންކޮށްދެވޭނި ތިގޮތަށް ކޮޮބާ އެމީހުން ކުޑަ މުސާރަޔަކަށް ޢުމުރު ދުވަހު ސަރުކާރަށް ޚިދްމަތްކުރުމުގެ އަގަކީ މިއީތަ މިވެރިކަމުގަ ދިވެހި ނިކަމރި ރައްޔިތުންގެ ޙާލަކީ
ވަރަށް އިހާނެތިކޮށް ކުރި ކަމެއް، ނިންމި ނިންމުމެއް. ނިކަމެތީންނަށް ފުރުސަތެއްނުދީ މިޖެހުނީ ތެޅިގަންނަން. ސަރުކާރުންވިޔަސް ތިކަން ތިކުރީ ވަރަށް ދެރަކޮށް. ފުރުސަތެއް ދިނުމަކީ މަސްދުވަހަކުން އެކަނި ނިންމޭނެ ކަމެއްނޫން. އަހަރެއްހާ ދުވަސް ނުވަތަ ހައެއްކަ މަސްދުވަސް ދޭން ޖެހޭނެ. ގަނޑުކޮށް ދޭ ފައިސާއިން މިގައުމުގަ އަންބޮނޑީގަ ބާއްވައިގެންތަ އުޅެންޖެހޭނީ. އިންވެސްޓް ކުރާނެ ގޮތެއް ކަމެއްވެސް އިތުބާރެއްވެސް އޮތް ކަމެއްނެތް