Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބްރޯޑްކާސްޓް ކުރާއިރު ސުލޫކީ މިންގަނޑު ހިފަހައްޓަން އިލްތިމާސްކޮށްފި

ބްރޯޑްކާސްޓް ކުރާއިރު ސުލޫކީ މިންގަނޑު ހިފަހައްޓަން އިލްތިމާސްކޮށްފި
ބްރޯޑްކާސްޓް ކުރާއިރު ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިލްތިމާސްކޮށްފި އެވެ. ބްރޯޑްކޮމުން މިއަދު ބުނީ ބްރޯޑްކާސްޓްކުރާ ބައެއް ޗެނަލްތަކުން ގެނެސްދޭ ބައެއް ކޮންޓެންޓް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބަރޯޑްކާސްޓަރުން ކޮންޓެންޓް ގެނެސްދޭއިރު، ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖުތިމާއީ މިންގަނޑާއި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑަށް ފެތޭ ގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމުން ވަނީ އިލްތިމާސްކޮށްފަ އެވެ. އޭގެ އިތުރުން ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓަރުން އަމަލު ކުރުމަށް އެކުލަވާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ކޮންޓެންޓް ފޮނުވުމަށް ވެސް ބްރޯޑްކާސްޓަރުންނަށް ހަނދާކޮށްދޭ ކަމަށް ބްރޯޑްކޮމުން ބުންޏެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ކޯޑް އޮފް ޕްރެކްޓިސްގައި ހިމެނޭ ބައެއް ކަންތައްތައް:

  • ވަކި ފަރާތަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާ އެކު ތެދު މައުލޫމާތު ފެތުރުން
  • ކުޑަކުދިންގެ ކަރާމަތާއި ހައްގުތަކަށް އުނިކަން އަންނަ އެއްވެސް އެއްޗެއް ނުދެއްކުން
  • މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާނެފަދަ، ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ކޮންމެވެސް ސިފައެއްގައި ނިކަމެތި ކަމެއް ލިބިދާނެ ބަސްތަކާއި މުޖުތަމައުގައި ބޭނުން ކުރުމަށް އެކަށީގެންނުވާ ބަސްތަކާއި އިޝާރާތާއި ހަރަކާތާއި އަމަލުތައް ހިމެނޭ އެއްވެސް އެއްޗެއް ނުދެއްކުން
  • އެކި ނަސްލުތަކުގެ މީހުންނާއި ވަކި ޖިންސެއްގެ ބަޔަކަށް ނުވަތަ އެއްވެސް އުމުރުފުރައެއްގެ ބަޔަކަށް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިހުތިރާމް ކުޑަވާފަދަ އެއްޗެއް ނުވަތަ އިންސާނީ ގަދަރަށް އުނިކަން އަންނަ އެއްވެސް އެއްޗެއް ނުދެއްކުން
  • ފެންވަރު ދަށް މަންޒަރާއި އަޑު ބޭނުންނުކުރުން
އެ އުސޫލުތަކާ ހިލާފަށް ބައެއް ބްރޯޑްކާސްޓަރުން އަމަލުކުރަމުންދާ މައްސަލަތައް މީގެކުރިން ފެންމަތިވެފައިވާއިރު، އެކަންކަމާ ގުޅިގެން ފިޔަވަޅު ވެސް އަޅާފައި އެބަ ހުއްޓެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް