Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކެލާގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފި

ކެލާގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފި

ހއ. ކެލާގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ކެލާގައި ސިހުރު ހަދާކަމުގެ ޝަކުވާތަކާ ގުޅިގެން  އެ ރަށުގެ 9 ތަނެއް ބަލާ ފާސްކުރި ކަމަށެެވެ.

އަދި 5 މީހަކު ހައްޔަރުކުރި ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެ މީހުން މިހާރު ދޫކޮށްލައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން ބުނީ އެ މައްސަލަގައި ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.

ފުލުހުން ކެލާގައި ހާއްސަ އޮޕަރޭޝަންއެއް ހިންގި ނަމަވެސް ކެލާ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ސާޖިދު "ދެން"އަށް ވިދާޅުވީ ރަސްމީކޮށް ކައުންސިލްއަށް އެކަމުގެ ޝަކުވާ ހުށަހަޅާފައިނުވާ ކަމަށެވެ.

މީގެ ކުރިން ވެސް އެފަދަ މައްސަލަތަކާާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ހިންގައި ސިހުރު ހަދަން ގެންގުޅޭތަކެއްޗާއެކު ސިހުރު ހަދާ މީހުންވެސް ހައްޔަރުކޮށްފައިވެ އެވެ.

މިދިޔަ މޭ މަހު ވަނީ ފުނަދޫ ދާއިރާގެ  މެންބަރު، މުހައްމަދު މަމްދޫހް (މަންޑޭ)އަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްުޔަރުވެސްކޮށްފަ އެވެ. ނަމަވެސް އޭނާ ފަހުން ދޫކޮށްލި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް