Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑު އިފްތިތާހު ކޮށްފި

ރިއަލް އެސްޓޭޓް އެންޑް  ހޮސްޕިޓާލިޓީ ފަންޑު އިފްތިތާހު ކޮށްފި

ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން، އިންވެސްޓް ކުރުމުގެ ފުރުސަތާއެކު ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑު އިފްތިތާހު ކޮށްފި އެވެ.

އިއްޔެ އެ ފަންޑު އިފްތިތާހު ކޮށްދެއްވާފައިވަނީ، އިކޮނޮމިކް ޑިވޮލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެ ފަންޑަކީ، ރާއްޖޭގެ ކެޕިޓަލް މާކެޓްތައް ރެގިއުލޭޓް ކުރާ ބޮޑީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ލައިސަންސް ދީފައިވާ ފަންޑެކެވެ.

Advertisement
HDC — Sidebar (box)

އެ ފަންޑަށް ލައިސަންސް ދޫކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

https://twitter.com/firstnationalmv/status/1864162023246086498

ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހަސަން ޒިޔަތު އޭރު ވިދާޅުވީ، އެ ފަންޑުގެ ސަބަބުން ރިއަލް އެސްޓޭޓް އަދި ހޮސްޕިޓާލިޓީ ދާއިރާއަށް ފަންޑް ކުރުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބިގެންދާނެ ކަމަށެވެ.

"މި ފަންޑަކީ އެކި ފަންތީގެ އިންވެސްޓަރުންނަށް ސަބްސްކްރައިބް ކުރެވޭނެ ފަންޑެއް، އެންމެ މަދުވެގެން 10،000 ރުފިޔާއިން އިންވެސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ފަރުދުންނަށް ވެސް ލިބިގެންދާނެ،" ޒިޔަތު ވިދާޅުވި އެވެ.

އެ ފަންޑުގެ އިތުރު މައުލޫމާތު އެސްޓޭޓް ފަންޑްގެ <a href="https://www.estatefund.mv/" target="_blank" rel="noopener">ވެބްސައިޓު</a> ގައި ޝާއިއުކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް